ބޮޑެތި ޑިސްކައުންޓްތަކާއެކު ވެލިގާ ހާޑްވެއާއި ގުޅިގެން އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސްގެ ރޯދަސޭލް ފަށައިފިއެވެ.
ބޮޑެތި ޑިސްކައުންޓްތަކަކާ އެސްޓީއޯ ކޮންސްޓަރކްޝަން އިން ކުރިއަށް ގެންދާ ޕްރޮމޯޝަން މިއަދުން ފެށިގެން އަންނަ މަހުގެ 31 ގެ ނިޔަލަށް ކުރިއަށް ދާނެ ކަމަށާއި، މި ޕްރޯމަޝަންގައި އެސްޓީއޯ ކޮންސްޓްރަކްޝަން އިން ކުރާ ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެ ކަމަށާއި އަދި. ނިޕޯން ޕެއިންޓުން 20 ޕަސެންޓު އަދި މަކިޓާގެ ޕްރޮޑަކްޓްތަކުން 50 ޕަސެންޓު ޑިސްކައުންޓް ލިބޭނެ ކަމަށް އެސްޓޯއޯ ކޮންސްޓްރަކްޝަން އިން ބުނެއެވެ.
އެސްޓީއޯ ކޮންސްޓްރަކްޝަން އިން ކުރިއަށްގެންދާ މި ޕްރޮމޯޝަން ގައި ހޮވޭ ނަސީބް ވެރިއަކަށް ގްރޭންޑް ޕްއިޒް އެއްގެ ގޮތުގައި ވެލިގާ ހާޑްވެއާ އާއިގުޅިގެން ދެވޭ 50،000 ރުފިޔާގެ އަގުހުރި މުދާ ލިބޭ ވައުޗަރެއްވެސް ދިނުމަށްވެސް ހަމަޖެހިފައިވެއެވެ.
އެހެންކަމުން އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސްގެ އައުޓްލެޓްތަކުންނާއި އެސްޓީއޯ ކޮންސްޓްރަކްޝަންގެ ރީޖަނަލް އައުޓްލެޓް ތަކުގެ އިތުރުން ވެލިގާ ހާޑްވެއާގެ އައުޓްލެޓްތަކުން ވިޔާފާރިކުރައްވާ ފަރާތްތަކަށްވެސް މި ޕްރޮމޯޝަން ގައި ބައިވެރިވެވޭނެ ކަމަށް އެސްޓީއޯ ކޮންސްޓަރަކްޝަން އިން ބުނެއެވެ.
އެސްޓީއޯގެ ރީޖަނަލް އައުޓްލެޓްތަކުގައި ވެސް ޕްރޮމޯޝަން ކުރިއަށް ދާނެ ކަމަށް އެސްޓީއޯ އިން ބުންޏެވެ.

