ޓިޕްސް: ވިޔަފާރީގެ ކުރިއެރުން ދެނެގަންނާނީ ކިހިނެއް

ވިޔަފާރީގެ ކުރިއެރުން ދެނެގަތުމަށް ޓަކައި އަންނަނިވި ކަންކަމަށް ބެލިދާނެއެވެ. ތިމާ އެ ވިޔާފާރިއެއްގައި ހާސިލްކުރަން ބޭނުންވާ ލަނޑުދަނޑިތަކަށް ނިސްބަތްކޮށް އެކި ފެކްޓަރ ތަކުން ނިކުމެފައިވާ ނަތީޖާ އެނަލައިޒް ކުރުމުން، ތިބާގެ ވިޔަފާރި ސްކޭލް ކުރެވެނީ ކޮން މިންގަނޑެއްގައި ކަން ސާފުކޮށް ދެނެގަނެވިދާނެ ކަމަށެވެ.

އެގޮތުން އަންނަނިވި ކަންކަމަށް ބެލިދާނެއެވެ.

އާމްދަނީ:

އާމްދަނީއަކީ ވިޔަފާރީގެ ކުރިއެރުން ގާއިމުކުރުމުގައި ގޯ-ޓު މެޓްރިކެކެވެ. އާންމުގޮތެއްގައި ގިނައިން ސޭލްސް ވުމުން ނުވަތަ އަގު ބޮޑުކޮށް ތަކެތި ވިއްކިމުން ނުވަތަ ޚިދުމަތް ފޯރުކޮށްދިނުމުން އާމްދަނީ ރަނގަޅު ވެދާނެ އެވެ.
ފައިދާ:

އާމްދަނީއަށްވުރެ މުހިންމު އިންޑިކޭޓަރަކީ ފައިދާ، އެއީ ވަކި މުއްދަތެއްގެ ތެރޭގައި ތިބާގެ ވިޔާފާރިން ލިބުނު ފައިދާއެވެ.

މާކެޓް ޝެއާ:

މާކެޓް ޝެއާ އިން ކިޔައިދެނީ ވާދަވެރިންނާ އަޅާބަލާއިރު ތިބާގެ ވިޔަފާރީގެ ނުފޫޒް މާކެޓް ގައި އޮތް މިންވަރެވެ.

ކަސްޓަމަރ އެކުއިޒިޝަން:

މާކެޓް ޙިއްޞާ އިތުރުކުރުމަށް އޮތް އެންމެ ރަނގަޅު އެއް ގޮތަކީ ލީޑް ޖެނެރޭޝަނާއި ސޭލްސް ވޮލިއުމަށް ސަމާލުކަން ދިނުމެވެ.

ކަސްޓަމަރ ރިޓެންޝަން:

އާ ކަސްޓަމަރުން ހޯދުމުން މާކެޓް ހިއްސާ ލިބޭނީ އެ ކަސްޓަމަރުން ހިފަހައްޓައިގެން ކަމަށްވާތީ ކަސްޓަމަރުން ހިފެހެއްޓުމަށް ސަމާލުކަން ދިނުމާއި މި މެޓްރިކް ޒަމާނާ އެއްގޮތަށް ރަނގަޅު ކުރުމަކީ ވެސް ވިޔަފާރީގެ ކުރިއެރުން މޮނިޓާ ކުރުމަށް މުހިއްމު ކަމެކެވެ.

ޓީމް ސައިޒް:

ޓީމް ބޮޑުކުރުމަކީ ވަރަށް ބޮޑު ޚަރަދެއް ނަމަވެސް ޓީމްގެ ސައިޒުން ވެސް ރަމްޒުކޮށްދެނީވެސް ކުރިއެރުމުގެ މިންވަރެވެ. ޕޭރޯލް ބަޖެޓާ އެކު އޮޕަރޭޝަނަލް ބޭނުންތައް ފުއްދައިދޭނެ ޓީމެއް ބެލެންސް ކުރުމަކީ ކޮންމެ ވިޔަފާރިވެރިއަކަށް ވެސް ކުރިމަތިވާ ވަރަށް ބޮޑު ގޮންޖެހުމަކަށް ވާތީ، ޓީމުގެ ކުރިއެރުން މޮނިޓާ ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ.