ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ އަކީ ހއ. ހދ. ށ (ބޮޑު ތިލަދުންމަތީގެ) އަތޮޅުތަކުގެ ރައްޔިތުން އަބަދުވެސް ވިޔަފާރިކަމުގޮސް ހަދާ ރަށެކެވެ. ހާއްސަކޮށް ހަފްތާ ބަންދާއި، ސްކޫލް ބަންދު ޗުއްޓީ ތަކުގައި އަބަދުވެސް އިހަވަންދޫގެ ފިހާރަތަކަށް ބާރުބޮޑުވެއެވެ.

އިހަވަންދޫ އަކީ ސަރަހައްދުގެ ރަށްރަށުގެ ތެރެއިން ހުރިހާ މުދަލެއް ހެޔޮ އަގުގައި ލިބެންހުންނަ ރަށެއްކަމުން ކައިރި ރަށްރަށުގެ އިތުރުން ށ އަތޮޅުންވެސް ދޯނިފަހަރުގައި ވިޔަފާރިކުރުމުގެ ބޭނުންތަކުގައި ގިނަ އަދަދެއްގެ ދަތުރުވެރިން އައިސްގޮސް ހަދައެވެ. އެހެންކަމުން ސްކޫލް ބަންދު ތަކުގައްޔާއި ހޮނިހިރު ދުވަސް ތަކުގައި ރަށަށް އަރާ މެހެމާނުންނަށް ކަންކަން ފަހިކޮސްދިނުމަށްޓަކައި އިހަވަންދޫ ކައުންސިލުންވެސް ދަނީ އެހީތެރިކަން ފޯރުކޮސްދެމުންނެވެ.

ހާއްސަކޮށް ކޮންމެ ރަމަޟާން މަހެއް ކައިރިވުމުން އެކިރަށްރަށުން ގިނަ ބަޔަކު އެކުވެގެން ބޮޑެތި ދޯނިފަހަރުގައްޔާއި ބޯޓް ތަކުގައި އިހަވަންދޫ އަށް ވިޔަފާރިކުރުމަށް ޒިޔާރަތް ކުރެއެވެ. އަދި ރަމަޟާން މަހަށް ހާއްސަ ވިޔަވާރިއަށް ރަށްރަށުން އަންނަ މެހެމާނުންނަށް ހަދިޔާ ދިނުންފަދަ ކަންކަން ވެސް އިހަވަންދޫ ކައުންސިލާއި ވިޔާފާރިވެރިން ގުޅިގެން ދަނީ ކުރަމުންނެވެ.

އެގޮތުން މިއަދަކީ ބޮޑުތިލަދުންމަތީގެ އެއްމެ ބޮޑު އާބާދީ އޮންނަ ކުޅުދުއްފުށިން އެރަށުގައި ދުއްވާ އެއްމެ ބޮޑު 2 ބޯޓް ބަރުކޮށް އިހަވަންދޫ އަށް ވިޔަފާރިުކުރުަމަށް މީހުން އަރާފައިވާ ދުވަހެކެވެ. އެއާއކު ކައުންސިލާ އިހަވަންދޫގެ ވިޔަފާރިޗެރިން ގުޅިގެން މެހެމާންުންނަށް ކަން ހަމަޖައްސައިދިނުމުގައި މިއަދު ވަނީ ހާއްސަ އިންތިޒާމްތަކެއް ހަމަޖައްސާދީފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *