މާލެ ސަރަހައްދުގައި އިލެކްޓްރިކް ވެހިކަލް (އީވީ) ޓެކްސީގެ ހިދުމަތް ދިނުމަށް އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.

މާލެ ސަރަޚައްދުގައި އިލެކްޓްރިކް ވެހިކަލް ބޭނުންކޮށްގެން ޓެކްސީގެ ޚިދުމަތް ފޯރުކޮށްދިނުމަށް އެމްޓީސީސީ އާއި ޚަވާލުކުރުމަށްޓަކައި ޓްރާންސްޕޯޓް މިނިސްޓްރީ އާއި އެ ކުންފުންޏާ ދެމެދު އެއްބަސްވުމެއްގައި މިއަދު ވަނީ ސޮއި ކޮށްފަ އެވެ.

ޓްރާންސްޕޯރޓް މިނިސްޓްރީން ބުނެފައިވަނީ އެ އެއްބަސްވުމުގެ ދަށުން މާލެ ސަރަހައްދުގައި އިލެކްޓްރޯނިކް ވެހިކަލް ބޭނުންކޮށްގެން ޓެކްސީގެ ހިދުމަތް ދޭން ނިންމައި އެ ހިދުމަތް އެމްޓީސީސީއާ ހަވާލުކުރީ ދަތުރުފަތުރަށް އޮތް ޑިމާންޑަށް ކޭޓާކޮށް، ތިމާވެއްޓާ ރައްޓެހި ހިދުމަތެއް ދިނުމުގެ މަގުސަދުގައި ކަމަށެވެ.

ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޓްރާންސްޕޯޓް މިނިސްޓަރ އަމީން ވިދާޅުވީ ޓެކްސީގެ ހިދުމަތަކީ ވަރަށް ޒަރޫރީ ހިދުމަތަތަކަށް ވުމާއެކު  އިލެކްޓްރޯނިކް ޓެކްސީ ލައިން ވާނީ މާލެ ސަރަހައްދުގައި ޓެކްސީ ހޯދަން ދިމާވެފައިވާ ދަތިތަކަށް ލިބޭނެ ވަރަށް ބޮޑު ލުޔަކަށް ކަމަށާއި، އަދި އާންމު ޓެކްސީ ހިދުމަތުގެ ތެރެއަށް ވަންނަން ސަރުކާރުން ނޫޅޭ ކަމަށާއި ބޭނުން ވަނީ ޓެކްސީ ހިދުމަތްތައް ރަނގަޅަށް ރެގިއުލޭޓްކޮށް، ކަނޑައަޅާ ސްޓޭންޑާޑެއްގެ ދަށުން އެ ހިދުމަތް ދެވޭނެ އިންތިޒާމެއް ކަނޑައަޅަން ކަމަށެވެ.

އިލެކްޓްރޯނިކް ވެހިކަލް ބޭނުންކޮށްގެން ޓެކްސީގެ ހިދުމަތް ދޭން ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްފައި މިވަނީ މި ސަރުކާރުން ޓެކްސީ ހިދުމަތުގެ ތެރެެއަށް ވަންނަން އުޅޭ ކަމަށް ބުނެ މާލެ ސަރަހައްދުގެ ޑްރައިވަރުން ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *