ދިވެހި ދައުލަތުން މާލީ އިސްލާހީ ފިޔަވަޅުތައް އަދިިވެސް އަަޅަން ޖެހޭ ކަމަށާއި އެ ފިޔަބަޅުތައް އެޅުން އަވަސްކުރުމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އިން ގޮވާލައިފި އެވެ.

އިއްޔެ ކުރިއަށްގެންދިޔަ މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އާއި އިގްތިސޯދީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީ ބައްދަލުވުމުގައި އައިއެމްއެފްގެ ވަފުދުން ވަނީ އެމީހުންގެ ދިރާސާތަކުގެ މައުލުމާތު ހިއްސާ ކުރައްވާފަ އެވެ.

އެގޮތުން އައިއެމްއެފް ވަފުދުގެ ބޭފުޅުން ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރަމުންދާއިރު އެއާޕޯޓުގެ އާ ޓާމިނަލާއެކު ފަތުރުވެރިކަމުގެ ދާއިރާއަށް ބޮޑެތި ކުރިއެރުންތަކެއް އަންނާނެ ކަމަށެވެ.

މިއާއެކު ރާއްޖޭގެ އިގްތިސާދުވެސް ކުރިއަރާނެކަން ފާހަގަކޮށް އެ ވަފުދުން ބުނެފައިވަނީ މާލީ އިސްލާހީ ފިޔަވަޅުތައް އެޅުން މިހާރު ވެސް މާބޮޑަށް ލަސްވެއްޖެ ކަމަށެވެ. އަދި ފިޔަވަޅުތައް އެޅުން ލަސްވެއްޖެނަމަ ދަރަނި އިތުރަށް ބޮޑުވާނެ ކަމަށްވެސް ވިދާޅުވި އެވެ.

ބޮޑެތި އުމްރާނީ ތަރައްގީގެ މަޝްރޫއުތައް މިހާރުވެސް މަޑުޖައްސާލާފައިވާކަން ފާހަގަކޮށް އެ ވަފުދުގެ ބޭފުޅުން ވިދާޅުވީ އެއީ ރަނގަޅު ނިންމުމެއް ކަމަށާއި ބޮޑު އިސްކަމެއް ދޭންވީ މާލީ ހާލަތު ރަނގަޅު ކުރުމަށް ކަމަށެވެ. މީގެއިތުރުން ސަބްސިޑީ ނިޒާމަށް ގެންނަން ނިންމާފައިވާ ބަދަލުތައް ވީހާވެސް އަވަހަކަށް ތަންފީޒުކުރުމަށް ވެސް ގޮވާލެއްވި އެވެ.

އިއްޔެގެ ކޮމިޓީގައި އެމްޑީޕީގެ މެމްބަރުން ކުރި ބައެއް ސުވާލުތަކުގެ ސަބަބުން ކޮމިޓީގެ ރިޔާސަތުގައި އިންނެވި ގާސިމް އިބްރާހީމް ވަނީ ކޯފާވެގެން އެމްޑީޕީ މެމްބަރުންނަށް ބަސް ވިދާޅުވެފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *