ރަމްޟާން މަސް ފެށިގެން ކުރިއަށްދާއިރު ބާޒާރުގައި ބަނބުކޭލުގެ އަގު ވަނީ ވަރަށް ބޮޑަށް މަތިވެފައެވެ. މާލޭގެ ލޯކަލް މާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓްގެ އިތުރުން މާލޭގައި ތަކުރާރީއާއި މޭވާ ވިއްކާ ފިހާރަތަކުން ރަމްޟާމްމަހު އެންމެ ބޮޑަށް އަގު އުފުލު ބާވަތްތަކުގެ ތެރޭގައި ބަނބުކެޔޮ ހިމެނެއެވެ. ބާޒާރުން ބަނބުކޭލެއް ލިބެންހުރީ 100ރ އާއި 200 ރުފިޔާ ދެމެދުގެ އަގުތަކެއްގައެވެ.
ބަނބުކޭލަކީ ރާއްޖޭގައި އާންމުކޮށް ހެދޭ ދިވެހިންގެ އާންމު ކާނާއެކެވެ. މިދުވަސްވަރު ބަނބުކެޔޮ އަގުބޮޑުވަފައިނީ މިއީ ރާއްޖެއަށް ބަނބުކެޔޮ މޫސުން ނޫންވީމާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.
ބަނބުކޭލަކީ ސިއްހީ ގޮތުން އެތައް ފައިދާއެއް ލިބިދޭ އެއްޗެކެވެ. މިގޮތުން ކެންސަރު ފަދަ ބަލިތަކާ ދެކޮޅަށް މަސައްކަތްކުރާ މާއްދާތައް އެކުލެވޭ އަދި ހަޖަމު ކުރުމުގައި އެހީތެރިވެދޭ ރަނގަޅު ކެއެމެކެވެ.

