ހުޅުލޭ އައިލެންޑް ހޮޓެލް(އެޗްއައިއެޗް)ގެ ފަރު ކޮފީ ހައުސްއާއި އުޑުވިލާ ރެސްޓޯރެންޓްގައި ރޯދަ ވީއްލައިގެން ބޮޑެތި އިނާމުތައް ލިބޭ ޕްރޮމޯޝަންއެއް ފަށައިފި އެވެ.

އެ ޕްރޮމޯޝަންގެ ދަށުން ރޯދަ ވިއްލާ ފަރާތްތަކުގެ މެދުގައި ގުރުއަތުލައިގެން ހޮވޭ ފަރާތްތަކަށް ފަސް އިނާމެެއް ލިބޭނެ ކަމަށް އެޗްއައިއެޗްއިން ބުންޏެވެ.

  • އެއްވަނަ އިނާމް: މަޑިފުށީ ޕްރައިވެޓް އައިލެންޑްގައި ދެ މީހަކަށް ދެ ރޭ ހުރުމުގެ ފުރުސަތު (ހާފް ބޯޑުގައި)
  • ދެވަނަ އިނާމް: ދުބާއީ ދެކޮޅު ޓިކެޓް
  • ތިންވަނަ އިނާމް: އެޗްއައިއެޗްގައި ދެ ރޭ ހުރުމުގެ ފުރުސަތު(ހާފް ބޯޑުގައި)
  • ހަތަރުވަނަ އިނާމް: ހުޅުލޭ އައިލެންޑް ހޮޓެލްގައި ހަތަރު މީހަކަށް ފޫލް ސައިޑް ލަންޗް ޕެޖޭކެއް
  • ފަސްވަނަ އިނާމް: ހުޅުލޭ އައިލެންޑް ހޮޓެލްގައި ދެ މީހަކަށް ފޫލް ސައިޑް ލަންޗް ޕެޖޭކެއް

ފަރު ކޮފީ ހައުސްގައި ރޯދަ ވީއްލުމުގައި އޭޝިއަން އަދި އިންޓަނޭޝަލްގެ ރަހަތަށް ހިމެނޭ އިރު އޭގެ އަގު ފެށެނީ 299 ރުފިޔާއިން އެވެ.

އަދި އުޑުވިލާ ރެސްޓޯރެންޓްގައި ރޯދަ ވީއްލުމުގައި ބޮޑަށް ހިމެނެނީ އަރަބި އަދި އިންޓަނޭޝަނަލްގެ ރަހަތަކެވެ. އޭގެ އަގު ފެށެނީ 449 ރުފިޔާއިން އެވެ.

އުޑުވިލާ ރެސްޓޯރެންޓުން ފަސް އަހަރާއި 12 އަހަރާ ދެމެދުގެ ކުދިންނަށް 50 ޕަސެންޓް ޑިސްކައުންޓް ލިބޭއިރު ދެ އައުޓްލެޓުން ވެސް ފަސް އަހަރުން ދަށުގެ ކުދިންނަށް ޗާޖެއް ނުކުރާނެ އެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *