2024 ވަނަ އަހަރުގެ ފެބްރުއަރީ މަހާ އަޅާބަލ؛ާއިރު މިއަހަރުގެ ފެބުރުއަރީ މަހު ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު %1.5 ދަށަވެއްޖެ އެވެ.

ކުރީއަހަރަށްވުރެ މިއަހަރު ފެބްރުއަރީމަހު ރާއްޖެއައި ޓޫރިސްޓުންގެ އަދަދު މަދުވެއްޖެ އެވެ.

މިިދިޔަ އަހަރުގެ ފެބްރުއަރީ މަހު ރާއްޖެއަށް 217،391 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވާއިރު މިއަހަރުގެ ފެބްރުއަރީމަހު ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 214،091 ޓޫރިސްޓުންނެވެ.

އިމިގްރޭޝަނުން އާންމު ކުރި ޓޫރިސްޓް އެރައިވަލްސްގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ފުރަތަމަ 2 މަސް އެއްކޮށްލުމް 2024 ވަނަ އަހަރުގެ ފުރަތަމަ 2 މަހު ރާއްޖެ ޒިޔާރަތްކުރި ޓޫރިންސްޓުންގެ އަދަދަށްވުރެ މިއަހަރުގެ ފުރަތަމަ 2 މަހު ރާއްޖެ ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު އިތުރެވެ، އެގޮތުން މިދިޔަ އަހަރުގެ ފުރަތަމަ 2 މަހު 409،777 ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު މިއަހަރުގެ ފުރަތަމަ ދެމަހު ރާއްޖެ އަށް ޖުމްލަ 428،954 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވެއެވެ.

މިދިޔަ މަހު އެންމެ ގިނަ ޓޫރިސްޓުން އައިސްފައިވާ ފަސް ގައުމަކީ ގައުމުތަކަކީ އިނގިރޭސިވިލާތް (23،210 ޓޫރިސްޓުން)،
ޗައިނާ (21،928 ޓޫރިސްޓުން)، ރަޝިއާ (20،649 ޓޫރިސްޓުން)، އިޓަލީ (19،120 ޓޫރިސްޓުން) އަދި ޖަރުމަން (14،119 ޓޫރިސްޓުން) އެވެ.

މި އަހަރުގެ މިހާތަނަށް އެންމެ ގިނަ ޓޫރިސްޓުން އައިސްފައި ވަނީ ޗައިނާއިންނެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *