ދުނިޔޭގެ މަޝްހޫރު ސްޕީޑް ޓެސްޓު ހަދާ ކުންފުނިކަމަށްވާ "އޫކްލާ" އިން ހޮވި ރާއްޖޭގެ އެންމެ ހަލުވި މޮބައިލް ނެޓްވާރކްގެ އެވޯޑު ދިރާގަށް ލިބިއްޖެއެވެ.
މިއީ މި އެވޯޑު ދިރާގަށް ލިބުނު ހަތަރުވަނަ ފަހަރެވެ. މި އެވޯޑް ދީފައިވަނީ ބާސެލޯނާގައި ކުރިއަށްދާ މޯބައިލް ވޯލްޑް ކޮންގްރެސް 2025 ގައެވެ. މިއީ، މޯބައިލް ޓެކްނޮލޮޖީގެ އެންމެ ޒަމާނީ ކުރިއެރުންތައް ދައްކުވައިދޭ އެންމެ ވަރުގަދަ އެއް ގްލޯބަލް ޕްލެޓްފޯމެވެ.
މޮބައިލް ވޯލްޑް ކޮންގްރެސްގައި ދިރާގުގެ ފަރާތުން މި އެވޯޑު ހަވާލުވީ އެކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަދި މެނޭޖިންގ ޑިރެކްޓަރ އިސްމާޢީލް ރަޝީދު އަދި ޗީފް ޓެކްނޮލޮޖީ އެންޑް އިންފޮމޭޝަން އޮފިސަރ މުޙައްމަދު މުސްޢަދެވެ

