ޕްރީޕެއިޑް ކަސްޓަމަރުންނަށް ހަފްތާއަކު 10،000 ރުފިޔާ ލިބޭ ޕްރޮމޯޝަނެއް ދިރާގުން ފަށައިފި އެވެ.

6 ހަފްތާގެ މުއްދަތަށް ދިރާގުން ކުރިއށްގެންދާ ޕްރޮމޯޝަނުގައި ކޮންމެ ހަފްތާ އަކު ހޮވާ 10،000 ރުފިޔާ ލިބޭ ނަސީބްވެރި ފަރަތް ހޮވުމުގައި ބައިވެރިވެވޭނީ 300 ރުފިޔާ އިން މަތީގެ ރީލޯޑްކުރާ ކަސްޓަމަރުންނާއި ޑޭޓާ އެޑް-އޮން އެކްޓިވޭޓްކުރާ ދިރާގު ޕްރިޕެއިޑް ކަސްޓަމަރުންނަށް ކަމަށް ދިރާގުން ބުނެއެވެ.

މީގެ އިތުރުން ޕްރިޕެއިޑް ކަސްޓަމަރުންނަށް 20 ރުފިޔާއިން މަތީގެ  ކޮންމެ ރީލޯޑަކަށް 1 ޓީބީ އާ ހަމައަށް ހިލޭ ޑޭޓާ ވެސް މި ޕްރޮމޯޝަންގެ ދަށުން ލިބޭނެ ކަމަށް ދިރާގުން ބުނެއެވެ. އަންނަ މަހުގެ ނިޔަލަށް ކުރިއަށް ގެންދާ އެ ޕްރޮމޯޝަނުގައި ދިރާގުއެޕް، ދިރާގުޕޭ، މައިއެކައުންޓް އަދި ދިރާގުގެ ޕާޓްނާ ފިހާރަތައް މެދުވެރިކޮށް ރީލޯޑްކޮށްގެން ބައިވެރިވެވޭނެ އެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *