މިދިޔަ މަހު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ އިނގިރޭސިވިލާތުން ކަމަށް އިމިގްރޭޝަނުން ބުނެފިއެވެ،
މޯލްޑިވްސް އިމިގްރޭޝަނުން ނެރެފައިވާ ފެބްރުއަރީމަހުގެ ފަތުރުވެރިންގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މި ނިމުނު ފެބުރުއަރީ މަހު ރާއްޖެއަށް ވަނީ ޖުމްލަ 214،091 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއާ އެކު އަހަރުގެ ފުރަތަމަ ދެމަސް ދުވަސްތެރޭ ރާއްޖެއަށް ވަނީ ޖުމްލަ 428،954 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.
ފެބުރުއަރީމަހު އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ޤައުމަކީ އިނގިރޭސިވިލާތެވެ. ދެވަނަ އަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ޗައިނާއިންނެވެ.
ފެބުރުއަރީމަހު އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި ޤައުމުތައް
– އިނގިރޭސިވިލާތުން : 23،210 ފަތުރުވެރިން
– ޗައިނާ: 21،928 ފަތުރުވެރިން
– ރަޝިއާ: 20،649 ފަތުރުވެރިން
– އިޓަލީ : 19،120 ފަތުރުވެރިން
Tourist arrivals of February 2025.
For detailed statistics, visit: https://t.co/rDnNaZHxuA pic.twitter.com/sd7Jd8YIGq
— Maldives Immigration (@ImmigrationMV) March 6, 2025
ފެބުރުއަރީމަހު ރާއްޖެއަށް އެއް ދުވަހެއްގެތެރޭ އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ 16 ވަނަ ދުވަހުއެވެ. އެދުވަހު ރާއްޖެއަށް ވަނީ 9،518 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެއް ދުވަހެއްގެތެރޭ ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރި ދުވަހެވެ.

