ދަނޑުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ވިޔަފާރީގެ ފުރުޞަތުތައް އިތުރުކުރުމަށް މަޝްވަރާކޮށްފިއެވެ.
މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ ދަނޑުވެރިކަމާއި ދިރޭތަކެއްޗާބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ، މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން (އެމް.އައި.ޑީ.އެފް.ޒެޑް) އަދި އެގްރޯނެޓްގެ ބޭފުޅުންނާއެކު ބޭއްވި ބައްދަލުވުމެއްގައެވެ.
ދަނޑުވެރިކަމާބެހޭ ވުޒާރާއިން ވިދާޅުވީ، މި ބައްދަލުވުމުގައި ދަނޑުވެރިން އުފައްދާ ތަކެތި އަގުހެޔޮކޮށް ބާޒާރަށް ގެނެވޭނެ މަގުފަހިކުރުމާއި މާރކެޓު ހޯދައިދިނުމާގުޅޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށެވެ.
އަދި އެކި އިދާރާތައް ގުޅިގެން ކުރެވޭ މަސައްކަތުން، ދަނޑުވެރިންނަށް މި ދާއިރާގައި ހުރި ފުރުސަތުތައް ފަހިކޮށްދީ، ލިބޭ އާމްދަނީ އިތުރުވެ އޭގެ ސަބަބުން ދިރިއުޅުމުގެ ފެންވަރު ރަނގަޅުވެގެންދާނެކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.

