ދަނޑުވެރިކަމުގެ ދާއިރާގައި ޚަރަކާތްތެރިވާ އަންހެނުން ބާރުވެރި ކުރުވުމަށް ޚާއްޞަ ފަންޑެއް ޤާއިމުކުރުމަށް ދަނޑުވެރިކަމާއި ދިރޭ ތަކެއްޗާ ބެހޭ ވުޒާރާއިން ނިންމައިފި އެވެ.
ބައިނަލް އަގުވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚާއްޞަ މެސެޖުގައި ދަނޑުވެރިކަމާއި ބެހޭ ވަޒީރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވި ދަނޑުވެރިކަމުގެ ދާއިރާގައި ޚަރަކާތްތެރިވާ އަންހެނުން ބާރުވެރި ކުރުވުމަށް ޚާއްޞަ ފަންޑެއް ޤާއިމުކުރުމަށް ނިންމާފައިވާކަމަށާއި، މި ފަންޑުގެ އަމާޒަކީ ދެމެހެއްޓެނިވި ދަނޑުވެރިކަމެއް ކުރެވޭނެ ގޮތަށް ޒަމާނީ ޓެކްނޮލޮޖީގެ ވަޞީލަތްތައް ބޭނުންކޮށްގެން އަންހެނުން އިސްވެ ފަށާ ވިޔަފާރިތަކަށް އެހީތެރިވެދިނުން ކަމަށެވެ.
މީގެ އިތުރުން، މިނިސްޓަރ މާރިޔާގެ ހިތޯބުގައި ވިދާޅުވީ ދަނޑުވެރިކަން ކުރުމަށް ބޭނުންވާ ބިމާއި އެހެނިހެން ވަޞީލަތްތައް އަންހެނުންނަށް ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށްވެސް ނިންމާފައިވާ ކަމަށާއި، އަދި ދަނޑުވެރިކަމުގެ ދާއިރާގައި އަންހެނުންނަށް ހަމަހަމަ ފުރުޞަތުތަކާއި އަންހެނުން ބަލައިގަތުން ކަށަވަރުކުރުމަށް އިތުރު މަސައްކަތްތަކެއް ކުރިއަށް ގެންދެވުމަށްވެސް ރާއްވަވާފައިވާކަމަށެވެ.

