މިފްކޯ އަކީ ފައިދާވާ ކުންފުންޏަކަށް ހަދާނެ ކަމަށް އެ ކުންފުނީގެ އާ ސީއީއޯ މޭޖަރ ޖެނެރަލް ރިޓަޔަރޓް ފަރުޙަތު ޝަޙީރު ވިދާޅުވެއްޖެ އެވެ.

ރޭ ޕީއެސްއެމް ރާއްޖެ މިއަދު ގައި ވާހަކަދައްކަވަމުން ފަރުހަތު ވިދާޅުވީ ކުރިއެކޭ އެއް ގޮތަށް މަސްވެރިކަމުގެ ސިނާއަތަކީ ރާއްޖޭގެ އެއްވަނަ ސިނާއަތަށް ހެދޭނެ ކަމަށާއި، އެގޮތުން މިފްކޯގެ އަމާޒު ހުރީ އެ އަމާޒަށް ކމަށެވެ.

އެގޮތުން ކަމާ ގުޅުންހުރި ފަރާތްތައް ގުޅިގެން ކުރެވޭ މަސައްކަތުން މި އަމާޒަށް ވާސިލުވެވޭނެކަމުގެ ފުރިހަމަ ޔަގީންކަމާއި އިތުބާރު އޮތް ކަމަށާއި، މިހާރު މިފްކޯ އޮތް ހާލަތުން ކޮޅައް ޖެހުމަށް ވަރަށް އަވަހަށް މުހިންމު ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށާއި، އެ ކަން ކުރުމަށް ނަގަންޖެހޭ ޑިޝިޝަން ތަކަކީ ވަރަށް ޓަފް ޑިސިޝަންތަކެއް ކަމަށްވެސް ފަރުހަތު ވިދާޅުވިއެވެ.

އިތުރަށް ފަރުހަތު ވިދާޅުވީ އެކަން އެގޮތަށް ކުރާނެ ކަމަށާއި، އަދި އެކަން ކުރުމަށްގފަހު މިފްކޯއަކީ މަސްވެރިކަމުގެ ދާއިރާގައި ދިވެހި ރާއްޖޭގައި ލީޑްކުރާ ފައިދާ ކުރަނިވި ކުންފުންޏަކަށް ހެދޭނެ ކަމުގެ ޔަޤީންކަން އެބައޮތް ކަމަށެވެ.

މިފްކޯގެ ސީއީއޯގެ މަގާމަށް މިދިޔަ ހަފުތާގައި ފަރުހަތު އައްޔަން ކުރީ މި ސަރުކާރުން އެ ކުންފުނީގެ ސީއީއޯއަކަށް އައްޔަންކުރި ބިދޭސީ ސީއީއޯ ޔުކްރޭނަށް ނިސްބަތްވާ ޑރ. ވިތާލީ ލުބިމޮވް މަގާމުން ވަކިކުރުމަށް ފަހު އެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *