އެސްޓީއޯއިން ވިޔަފާރިވެރިންގެ އޯޑަރުތަކަށް ހޯލްސޭލްކޮށް ކާށި ގެނެސްދެން ނިންމައިފިއެވެ.

އެސްޓީއޯ އިން ބުނީ ބާޒާރަށް ދިމާވެފައިވާ ކާށީގެ ޝޯޓޭޖް ގެ ސަބަބުން ކާށީގެ އަގު އުފުލިފައިވާތީ، ބާޒާރުގެ ޝޯޓޭޖް ފިލުވުމަށްޓަކއި އެ ކުންފުނިން ވިޔާފާރިވެރިންގެ އޯޑަރުތަކަށް ކޮންމެ 10 ދުވަހަކުން ކާށި ގެނެސްދޭން ނިންމާފައިވާ ކަމަށާއި އެގޮތުން ކާށިގެނެސްދިނުމަށް ހަމަޖެހިފައިވަނީ ކާށީގެ ޕްރީ ބްކިންގ ހައްދަވާ ފަރާތްތަކަށް ކަމަށާއި ނަމަވެސް ކާށީގެ އުގު ދައްކަން ޖެހޭނީ ކާށީގެ ޝިޕްމަންޓް އައުމުން ދިވެހި ރުފިޔާއިން ކަމަށެވެ.

އެގޮތުން ކާށީގެ ބްކިންގ ހެދުމަށްޓަކައި އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ 3012575 ނަންބަރަށް ގުޅައިގެންނާއި، އަދި 7291124 އަށް ވައިބަ މެސެޖް ކޮށްގެން ވެސް ބުކް ކުރެވޭނެ  ކަމަށެވެ.

މިވަގުތު ބާޒާރުގައި ކާއްޓެއް ލިބެން ހުރީ 40 ރުފިޔާ އާއި 60 ރުފިޔާ އާއި ދެމެދުގެ އަގެއްގަ އެވެ. ނަމަވެސް ކާށީގެ އަގު ތިރިކުރަން އެސްޓީއޯއިން ވަނީ ޕީޕަލްސް ޗޮއިސް މެދުވެރިކޮށް ކިލޯއެއް 20 ރުފިޔާ ގެ ރޭޓުން ވިއްކަން ފަށައިފަ އެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *