މިދިޔަ އަހަރު ލިބުނު ފައިދާ އިން އުރީދޫ މޯލްޑިވްސްގެ ހިއްސާއަކަށް 3.43 ރުފިޔާ ބަހަން ފާސްކޮށްފި އެވެ.

އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގައި 60 ހިއްސާދާރުންނާއި 11 ޕްރޮކްސީ ހޯލްޑަރުން ބައިވެރިވެފައިވެ އެވެ.

މިދިޔަ އަހަރުގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 3.43 ރުފިޔާ ބަހަން އުރީދޫގެ އަހަރީ އާންމު ޖަލްސާގައި ފާސްވީ ޖަލްސާގައި ބައިވެރިވި ހިއްސާދާރުންގެ 99 ޕަސެންޓް ވޯޓުންނެވެ.

މި އަހަރަކީ ހިއްސާއަކަށް އެންމެ ބޮޑު އަދަދެއްބަހަން އެކުންފުނިން ނިންމި ފަހަރެވެ، މީގެ ކުރިން އެ ކުންފުނިން ހިއްސާއަކަށް އެންމެ ބޮޑު އަދަދެއް ބަހާފައިވަނީ 2019 ގަ އެވެ، އެ އަހަރު އެކުންފުނިން ވަނީ ހިއްސާއަކަށް 3.30 ރުފިޔާ ބަހަން ނިންމާފައެވެ. އަދި އެކުންފުނީގެ 2023 ވަނަ އަހަރުގެ ފައިދާއިން ހިއްސާއަކަށް ބަހާފައިވަނީ 3.27 ރުފިޔާ އެވެ.

އުރީދޫން އާންމުކޮށްފައިވާ މިދިޔަ އަހަރުގެ މާލީ ރިޕޯޓްގައިވާ ގޮތުން މިދިޔަ އަހަރު ކުންފުންޏަށް ލިބުނު އާމްދަނީ ވަނީ 2023 ވަނަ އަހަރާ އާޅާ ބަލާއިރު 5.05 އިންސައްތަ އިތުރުވެފަ އެވެ. އެގޮތުން 2023 ގައި 2.09 ބިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބުނު އިރު 2024 އަހަރު ލިބިފައިވަނީ 2.2 ބިލިޔަން ރުފިޔާ ލިބުނެވެ. ނަމަވެސް 2023 ވަނަ އަހަރު އެ ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި 809 މިލިޔަން ރުފިޔާ ލިބުނު އިރު، މިދިޔަ 2024 ވަނަ އަހަރު އެ ކުންފުޏަށް ސާފް ފައިދާގެ ގޮތުގައި 684 މިލިޔަން ރުފިޔާ ލިބިފައިވެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *