2022 ވަނަ އަހަރު ބަޖެޓް ސަޕޯޓަށް ނެގި 100 މިލިއަން ޑޮލަރު އަނބުރާ ދައްކައިފި އެވެ.
ކުރީގެ ސަރުކާރުން 2022 ވަނަ އަހަރުގެ ބަޖެޓްގެ ތާށިކަން ކުރިމަތިވުމާ ގުޅިގެން ނަގާފައިވާ 100 މިލިއަން ޑޮލަރުގެ މި ލޯނަކީ ކާގިލް ފައިނޭޝަލް ސާވިސް އިންޓަނޭޝަނަލް (ސީއެފްއެސްއައިޓީ) އިން ނަގާފައިވާ ލޯނެކެވެ.
އެލޯނު ސަރުކާރުން ނަގާފައިވަނީ 7.15 އިންސައްތަ އިންޓަރެސްޓާ އެކު 3 އަހަރުގެ ތެރޭގައި އަނބުރާ ދައްކާ ގޮތަށެވެ. އެހެންކަމުން އެ ލޯނު އަނބުރާ ދައްކާއިރު 100 މިލިއަން ޑޮލަރުގެ އިތުރުން 26 މިލިއަން ޑޮލަރު ދައްކަން ޖެހޭނެއެވެ.

