2024 ވަނަ އަހަރުގެ ފެބުރުއަރީ މަހާ އަޅާ ބަލާއިރު މިއަހަރުގެ ފެބްރުއަރީ މަހު ޓެކްސް ރެވެނިއު ދަށްވެ ނޮން ޓެކްސް ރެވެނިއު މަތިވެއްޖެ އެވެ.

ފެބްރުއަރީ މަހުގެ މީރާގެ މަންތްލީ ރެވެނިއު ކަލެކްޝަން ރިޕޯޓުން ދައްކާ ގޮތުން މިދިޔަ އަހަރުގެ ފެބްރުއަރީމަހު މީރާއަށް 2.08 ބިލިއަން ރުފިޔާ ލިބިފައިވާއިރު މިއަހަރުގެ ފެބުރުއަރީމަހު ލިބިފައިވަނީ 1.89 ބިލިއަން ރުފިޔާ އެވެ. އަދި މިދިޔަ އަހަރުގެ ފެބުރުއަރީ މަހު ނޮން ޓެކްސް ރެވެނިއު ގެ ގޮތުގައި 262.9 މިލިއަން ރުފިޔާ ލިބިފައިވާއިރު މިއަހަރުގެ ފެބްރުއަަރީމަހު 582.4 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

ނަމަވެސް ކުރިއަހަރުގެ ފެބުރުއަރީ މަހާ އަޅާ ބަލާއިރު މިއަހަރުގެ ފެބިުރުއަރީ މަހު މީރާއަށް ލިބިފައިވާ ޖުމްލަ އާމްދަނީ ވަނީ އިތުރުވެފައެވެ. އެގޮތުން މިއަހަރުގެ ފެބްރުއަރީ މަހު އޭގެ ކުރީ އަހަރުގެ ފެބުރުއަރީމަހާ އަޅާބަލާއިރު ޖުމްލަ އާމްދަނީ %5.4 ވަނީ އިތުރުވެފައެވެ.

ފެބުރުއަރީ މަހު ޖީއެސްޓީ ގެ ގޮތުގައި 1.23 ބިލިޔަން ރުފިޔާ ލިބިފައިވާއިރު އިންކަމް ޓެކްސް ގެ ގޮތުގައި 401.4 މިލިޔަން ރުފިޔާ ލިބިފައިވެއެވެ. މީގެ އިތުރުން ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި 307.2 މިލިޔަން ރުފިޔާ ލިބިފައިވާއިރު ގްރީން ޓެކުހުގެ ގޮތުގައި 149.7 މިލިޔަން ރުފިޔާ އާއި، ޑިޕާޗަރ ޓެކުހުގެ ގޮތުގައި 102.4 މިލިޔަން ރުފިޔާ އަދި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 98.7 މިލިޔަން ރުފިޔާ ލިބިފައިވެއެވެ.

އާމްދަނީ ލިބޭ 11 ދާއިރާއަކުން މިދިޔަ އަހަރުގެ ފެބްރުއަރީ މަށްވުރެ އާމްދަނީ ދަށްވި ނަމަވެސް 20 ދާއިރާ އަކުން މިދިޔަ އަހަރުގެ ފެބްރުއަރީމަހަށްވުރެ އިތުރަށް އާމްދަނީ ލިބިފައިވެއެވެ.

މި މުއްދަތުގައި މީރާއަށް ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 118 މިލިޔަން އެމެރިކާ ޑޮލަރުވެސް ހިމެނެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *