”އެމްއެސް ޒުއިޑަޑަމް“ ކިޔާ ކްރޫޒްލައިނާއިން ރާއްޖެއަށް ޖުމްލަ 1274 ފަތުރުވެރިން ޒިޔާރަތްކޮށްފި އެވެ.

މިއީ މިމަހުގެ ތެރޭގައި ރާއްޖެ އައި ދެވަނަ ކްރޫޒްލައިނާ އެވެ.

މިމަހު ރާއްޖެއަށް އައި ފުރަތަމަ ކްރޫޒްލައިނާއަކީ ސީޝެލްސްއިން އައި ކްރޫޒްލައިނާއެކެވެ. އެ ކްރޫޒްލައިނާ އިން 576 ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކުރި އެވެ.

އެހެންކަމުން، މިމަހު ކްރޫޒްލައިނާތަކުން ރާއްޖެއަށް މިވަނީ 1850 ފަތުރުވެރިން ޒިޔާރަތްކޮށްފަ އެވެ.

ކްރޫޒްލައިނާތައް މެދުވެރިކޮށްވެސް ރާއްޖެއަށް ގިނަ ފަތުރުވެރިން ޒިޔާރާތްކުރާއިރު، ސަރުކާރުން މިހާރު މަސައްކަތްކުރަމުން ގެންދަނީ ރާއްޖޭގެ ތިން ސަރަހައްދެއްގައި ކްރޫޒްލައިނާތަކަށް ހާއްސަ ޖެޓީތަކެއް ތަރައްގީކުރުމަށެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *