ރާއްޖޭގެ ތާޒާ މަސް ދުނިޔޭގެ މަތީ ފަންތީގެ މާކެޓްތަކަށް ތާޒާކަނ ްމަތީގައި ފޯރުކޮށްދިނުމުގައި ތުރުކީގެ ގައުމީ އެއާލައިނުން އަބަދުވެސް ދެމިއޮންނާނެ ކަމަށް އެ އެއާލައިނުން ބުނެފިއެވެ.

އެ އެއާލައިނުން ބުނި ގޮތުގައި ދިވެހިންގެ ޒަމާންވީ މަސްވެރިކަމުގެ އުކުޅުތަކާއި އެމީހުންގެ ދިރިއުޅުމުގެ ވައްޓަފާޅިއަކީ ދެމެހެއްޓެނިވި މަސްވެރިކަމުގެ މައިނާރެވެ. އަދި އެއީ ދުނިޔޭގައި ދިވެހި މަގު އުފުލިފައިވާ ސަބަބުވެސްމެއެވެ.

އެއާލައިނުން ބުނެފައިވާ ގޮތުގައި ދިވެހިން ބާނާމަސް ދުނިޔޭގެ ބާޒާރުތަކަށް ތާޒާކަމާއެކު ފޯރުކޮށްދިނުމަކީ ސްޕީޑާއި ރިލައިބިލިޓީ އަދި ޑެޑިކޭޝަނަށް ބޭނުންވާ ކަމެކެވެ. 

"މުޅި ދުނިޔެ ހުއްޓުމަކަށް އައި އިރުވެސް ތުރުކީ ކާގޯ އިން ރާއްޖެއަށް ދަތުރުކުރަމުން ދިޔައީ އެންމެ ތާޒާ ޓޫނާ މަންޒިލަށް ވާސިލު ކުރުމަށް. މި ޚަޒާނާތައް އަޅުގަނޑުމެން ވަރަށް ފަރުވާތެރިކަމާއި ފުރިހަމަކަމާ އެކީގައި ޓޮޕް ރެސްޓޯރެންޓްތަކަށް ޑެލިވަރީ ކުރަމުން މިގެންދަނީ، ދުނިޔެ ގުޅާލުމަކީ އަޅުގަނޑުމެން އެންމެ ރަނގަޅަށް ކުރާ ކަމެއް ކަމަށް ވާތީ،" އެ ކުންފުނިން ދިވެހި މަސްވެރިކަމުގެ ވީޑިއޯ އަކާއެކު ޕޭސްބުކްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވެއެވެ. 

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *