އިނަ މޯލްޑިވްސްގެ ވެރިޔާ މުހައްމަދު ފިރާގު އޭނާގެ ފޭސްބުކުގައި މިކަން ބޮޑުވުން ފާޅުކޮށްފައި ވަނީ ވީޑިއޯވެސް ހިއްސާކުރަމުންނެވެ. އެއީ ދިގު ރަށު ބީޗަށް ދިޔަ ޓޫރިސްޓުންތަކެއް އެރަށުން ބޭލުމަށް ރަށު ކައުންސިލުން މަސައްކަތްކޮށްފައިވާތީއެވެ.

އޭނާ ދެކޭ ގޮތުގައި ރަށްރަށަށް އަރައި، ފޭބުމުގައި ޓޫރިސްޓުން އިތުރު ފީތައް ދައްކަން ޖެހުމަކީ ވަރަށް ބޮޑަށް ވިސްނާލަން ޖެހޭނެ ކަމެކެވެ. މިހާރުވެސް ޓެކްސްތަކާ އެނޫންވެސް ފީތައް ގިނަ ކަމުން ރާއްޖެއަކީ ވަރަށް އަގުބޮޑު މަންޒިލަކަށް ޓޫރިސްޓުންނަށް އޮތީ ވެފައެވެ.

ދިގުރަށު ކައުންސިލް މިހާރު އޮންނަނީ އެހެން ރަށްރަށުން އަންނަ ޓޫރިސްޓުން ރަށަށް އެރޭނީ އެ ރަށުގެ ބަނދަރުން ވަދެގެން ކަމަށް ކަނޑައަޅާފަ އެވެ. އުސޫލުގައި އޮންނަ ގޮތުން:

  • ތުނޑި އާއި ރަށުގެ ގޮނޑުދޮށަށް ކައިރި ކުރާނަމަ ފީއެއް ދައްކަން ޖެހޭ
  • އެއީ ބޮލަކަށް 3 ޑޮލަރު
  • ސަފާރީތަކުން އަންނަ ޓޫރިސްޓުން ތުނޑީގައި މަޑުކޮށް ބާބަކިޔު ހަދާ ނަމަ، 5 ޑޮލަރު ދައްކަން ޖެހޭ
  • ރަށުގައި ތިބޭ ޓޫރިސްޓުން ވެސް، އެ ކަމަށް ހާއްސަކޮށްފައި އޮންނަ ބީޗު ސަރަހައްދު ނޫން އެހެން ބީޗު ތަކަށް ދައްކާނަމަ ފީ ދައްކަން ޖެހޭ 

އެކަމަކު ކައުންސިލުން ބުނާ ގޮތުގައި، މައްސަލަ ފެށެނީ ބައެއް މީހުން އެގޮތަށް އަމަލު ނުކުރާތީ އެވެ. ސަފާރީތަކާއި ލޯންޗުތަކުގައި އައިސް، އެއްވެސް އެނގުމެއް ނެތި ތުނޑި އާއި އަތިރިމަތީގެ އެކި ސަރަހައްދުތައް ބޭނުން ކަމަށާއި ފުރައިގެން ދަނީ އެ ކަމަށް ކަނޑައަޅާފައި އޮންނަ އަގު ވެސް ނުދައްކާ ކަމަށް ބުންޏެވެ.

ފިރާގު ދެކޭ ގޮތުގައި ރާއްޖޭގައި ޓޫރިސްޓުންނަށް އަގުހެޔޮކޮށް ޗުއްޓީ ހޭދަކޮށްލައި ހެދުމަށް ފުރުސަތު ދިނުމަކީ މުހިއްމު ކަމެކެވެ. އަދި ރަށަށް އަރާ ޓޫރިސްޓުން ގަދަކަމުމް ބޭލުން ފަދަ ކަންތައްތަަކީ، ދިގު ރަށުން ކަންކުރި ގޮތަށް އެހެން ރަށްރަށުން ތަކުރާރުކޮށްފިނަމަ، އޭގެ ނޭދެވޭ އަސަރު ރާއްޖޭގެ ނަމަށް ކުރާނެ ކަމެކެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *