އެމްޓީސީސީން ހެންވޭރުގައި ހިންގާ ފެރީ ޓާނިނަލް، އަތޮޅުތަކަށް ފެރީކުރާ ލޯންޗުތަކަށް ހުޅުވާލައިފިއެވެ.

އެމްޓީސީން ބުނި ގޮތުގައި އެތަން ބޭނުންކުރެވޭނީ އެޚިދުމަތަށް އެދި ހުށަހެޅުމަށް ކުރި އިއުލާނާ ގުޅިގެން ޝައުގުވެރިކަން ފާޅުކުރި ފަސް ފަރާތަށެވެ.

ރަށްރަށަށް ޓޫރިސްޓުންނާއި ދިވެހިން އުފުލުމުގައި މީހުން އަރުވާ ބޭލުމަށް މުހާރު ބޭނުން ކުރަނީ ބޮޑު ފާލަމާ އިންވެގެން އެމްއެމްއޭ ކުރިމަތީ ޖެޓީއެވެ. އެތަނުގެ ޖާގައިގެ ތާށިކަމުން ޖާގައިގެ ތަނަވަސްތަނެއް ހޯދުމަށް އެމީހުން ވަނީ ސަރުކާރުގައި އެދިފައެވެ.

ހުޅުމާލޭ ފެެރީ ޓާމިނަލާއި މާލޭގެ ހެންވޭރު ފެރީ ޓާމިނަލް، އަތޮޅު ފެރީތަކަށް ހުޅުވާލަން ސަރުކާރުން ނިންމައި އެކަން އިއުލާން ކުރުމުން ފެރީތަކުން އެކަމާ ހިތްހަމަ ޖެހުން ފާޅުކޮށްފައިވެއެވެ.

ހެންވޭރު ޓާމިނަލަކީ؛

  • އެއީ ގާތްގަނޑަކަށް 2،000 ފަސިންޖަރުން
  • ހެންވޭރު ފެރީ ޓާމިނަލަށް އެއްފަހަރާ 5 ލޯންޗަށް ކައިރި ކުރެވޭނެ
  • ކޮންމެ އުޅަނދަކަށް ވެސް ޓާމިނަލުގައި ބަނދަރުކޮށްގެން އޮންނަ 30 މިނެޓު ލިބޭނެ
  • ޓާމިނަލް ތެރޭ ދަތުރުވެރިންނަށް މަޑުކޮށްގެން ތިބެވޭނެ އަދި ފާހާނާ އާއި ބޯފެނުގެ ހިދުމަތް ވެސް ލިބެން ހުންނާނެ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *