ކުރިއަށް ޢީދާ ދިމާކޮށް، ޤައުމީ އެއަރލައިން، މޯލްޑިވިއަންގެ ސީ ޕްލޭން ދަތުރުތައް ބ. ފުޅަދޫއަށް ފަށަން ނިންމައިފިއެވެ. މި ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ މާރިޗުމަހުގެ 31 ވަނަ ދުވަހުއެވެ.
މޯލްޑިވިއަން ސީޕްލޭންގައި މާލެއިން ފުޅަދޫއަށް ކުރާ ސްޕޭލް ދަތުރުގެ ދިގުމިނަކީ 25 މިނެޓެވެ. މާލެއިން ފުޅަދުއަށް ޓިކެޓެއްގެ އަގަކީ 1099ރުފިޔާއެެވެ. މޯލްޑިވިއަނުން ބުނީ މި ދަތުރުތަކަށް ޓިކެޓް ވިއްކަން މިހާރު ވަނީ ފަށާފައެވެ. ޤައުމީ އެއަރލައިން މޯލްޑިވިއަންގެ ސީޕްލޭން ދަތުރުތަައް އާއްމުގޮތެއްގައި ކުރަނީ ރިސޯޓުތަކަށެވެ. މޯލްޑިވިއަންގެ ފްލީޓުގައި މިހާރު 11 ސީޕްލޭން ބޭނުންކުރެއެވެ.
Explore Baa Atoll This Eid with Maldivian! 🌴✈️
Experience seamless travel to Baa Fulhadhoo with our new seaplane service, starting 31st March. Enjoy a stunning 25-minute aerial journey and make your Eid holidays unforgettable!
📅 Book your tickets from 13th March
🌐 Visit… pic.twitter.com/odpLW2uEMq— MaldivianAero (@MaldivianAero) March 13, 2025

