މިމަހުގެ ހަވަނަ ދުވަހާ ހަމައަށް ދައުލަތުން މުސާރައަށް ހޭދަކުރި އަދަދު މިދިޔަ އަހަރަށްވުރެ 132 މިލިއަން ރުފިޔާ އިތުރުވެއްޖެ އެވެ.

ފިނޭންސް މިނިސްޓްރީން ބުރާސްފަތި ދުވަހު ހާމަކޮށްފައިވާ މާލީ ހިސާބުތަކުން ދައްކާ ގޮތުން މި މަހުގެ 6 ވަނަ ދުވަހާ ހަމައަށް މުސާރަށް ހޭދަކޮށްފައިވާ އަދަދުު މިދިޔަ އަހަރަށްވުރެ 132 މިލިއަން ރުފިޔާ އިތުރުވެފައިވާއިރު މި މަހުގެ 6، އާ ހަމައަށް އިމްޕޯޓު ޑިއުޓީގެ ގޮތުގައި ދައުލަތަށް ލިބުނީ 436 މިލިއަން ރުފިޔާ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު 164 މިލިއަން ރުފިޔާގެ ދަށްވުމެކެވެ. މި މުއްދަތުގައި ދައުލަތަށް ޓެކްސް ފައިސާގެ ގޮތުގައި ލިބުނު ޖުމްލަ އާމްދަނީ ވެސް 115 މިލިއަން ދަށެވެ.

ނަމަވެސް އެއާޕޯޓު ޑިވެލޮޕްމަންޓު ފީ، ބޮޑުވުމާ ގުޅިގެން އެ މުއްދަތުގައި ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ ވަނީ އިތުރުވެފައެވެ. އެގޮތުން މި މަހުގެ 6 ގެ ނިޔަލަށް 7.18 މިލިއަން ރުފިޔާ ލިބިފައިވާއިރު މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނީ 7.16 ބިލިއަން ރުފިޔާ އެވެ.

މި އަހަރުގެ ތިންވަނަ މަހުގެ ފުރަތަމަ ހަފުތާއާ ހަމައަށް ސަރުކާރުން މުސާރައަށް ކުރި ހަރަދު އިތުރުވިއިރު، އިމްޕޯޓު ޑިއުޓީން ލިބުނު އާމްދަނީ މިދިޔަ އަހަރާ އަޅާބަލާއިރު ވަނީ ވަރަށްބޮޑަށް ދަށަށް ގޮސްފައވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *