އެއީ އާ ނަމެއް ނޫނެވެ. އެހެންނަމަވެސް މިހާރު އެ ޓްރެންޑް އަނެއްކާވެސް މައްޗަށް ހިނގައްޖެއެވެ. ފިލިޕީންސް ކިއުޕިޑް ޑޭޓިން އާއި އޭޝިއާ ކިއުޕިޑް ޑޭޓިން، އިންޓަނޭޝަނަލް ކިއުޕިޑް ޑޭޓިންގެ އިތުރުން މުސްލިމް ކިއުޕިޑް ޑޭޓިން ފަދަ ލޯބިވެރިން ހޯދައިދޭ ސައިޓްތަކަށް ސަބްސް ކްރައިބްކުރާ މީހުން އާދަޔާ ޚިލާފަށް ވަނީ މައްޗަށް ގޮސްފައެވެ.

ބޭރުގެ ލައިފް ސްޓައިލް ސައިޓްތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ފިލިޕީންސް ކިއުޕިޑްގައި އެކަނިވެސް މިލިއަނުން މީހުން ރަޖިސްޓްރީކޮށް ފައިސާ ދައްކަމުން ގެންދެއެވެ. އެއިން ކޮންމެ މީހަކު މަހަކު ޑޮލަރެއް ދެއްކިއަސް ސައިޓް ހިންގާ ފަރާތަށް މަހަކު މިލިއަން ޑޮލަރު ލިބިލިބި ހުންނާނެއެވެ. މިއީ ބަޔަކު ހިތަށްވެސް ނުގެނެވޭ ފަދަ ފަސޭހަ އަދި ބޮޑު ވިޔަފާރިއެކެވެ.

"ބައިވެރިވެރިއަކު ހޯދަން ފަސޭހަ އަދި އަވަސް ގޮތެއް ކަމުން އެގޮތަށް ދަނީ،" އެއް ސައިޓްގައި ލިޔެފައިވެއެވެ. "ރަނގަޅު ނަތީޖާގެ ވާހަކަތައް އަޑު އަހާފައި ގިނަ ބަޔަކު ބައިވެރިވެލަނީ. މިއީ އެހެން މީހުންނަށް ނޭނގި ސިއްރުން ހިންގޭނެ މުއާމަލާތެއް. އެތައް ހާސް ކުދިންނާ އަމިއްލައަށް ވާހަކަދައްކައި ދަސްކޮށް، ދެމީހުން އެއްވެސްވާ ގޮތަކަށް ކުރިއަށްދާންވީ. އެހެންވީމާ ކިއުޕިޑް ސައިޓަކީ މުހިއްމު ވަސީލަތެއް ބައިވެރިން ހޯދަން،"

ކިއުޕިޑް ސައިޓްތަގެ މަގުބޫލުކަން ބޮޑުވެ، ވިޔަފާރި ފުޅާވާން ފެށުމުން ޓިންޑަރ އާއި ބަންގަލް ބީ ފަދަ ޑޭޓިން އެޕްލިކޭޝަންތަކުންވެސް މިހާރު ގެންދަނީ އިސްތިހާރު ކުރަމުންނެވެ. އެއީ ފަަސޭހައިން ކުރިއަށް ގެންދެވެން އޮތް ވިޔަފާރިއެއް ކަމަށް ވާތީއެވެ.

ކިއުޕިޑް ޓީމުން ބުނެފައިވާ ގޮތުގައި ބައެއް ގައުމުތަކުގައި ކިއުޕިޑްގެ ބައިވެރިންގެ ތެރޭގައި، ދޮގުހަދައި އޮޅުވާލާ އަންހެން ބައިވެރިން އުޅޭތީ އެކަމާ ވަރަށް ބޮޑަށް ސަމާލުވާން ޖެހޭނެއެވެ. ބުނާ އިރަށް ވަގުތުން ފައިސާ ނުފޮނުވުމާއި ޕާސްޕޯޓް ކޮޕީ އާއި ބޭންކް ކާޑު ނަމްބަރު ނުދިނުން ފަދަ ކަންކަމަށް ރައްކާތެރިވުމަށް އެޓީމުން ވަނީ އިލްތިމާސްކޮށްފައެވެ.

ކިއުޕިޑް ސައިޓްތަކަކީ ބައިވެެރިން ހޯދުމަށް އެކި ޤައުމުތަކުން އާންމުކޮށް ބޭނުންކުރަމުންދާ ވަސީލަތެކެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *