އެސް.އެމް.އީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑްގެ އެމްޑީ އައިޝަތު ފިފްޝީން މަގާމުން ވަކިކޮށްފި އެވެ.

މިކަން ހާމަކޮށްފައިވަނީ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގަ އެވެ. ޕީސީބީގެ ޕޯސްޓުގައި ބުނެފައިވަނީ އެސްޑީއެފްސީގެ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަޤާމުން މިއަދުން ފެށިގެން ފިފްޝީން ވަކިކޮށްފައިވާ ކަމަށެވެ.

ފިފްޝީން މަގާމުން ވަކި ކުރި ސަބަބެއް ޕީސީބީން ހާމަކޮށްފައެއް ނުވެ އެވެ.

ޕީސީބީން އަންނަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޯޑުތަކަށް ބައެއް ބަދަލުތައް ގެންނަމުންނެވެ. މި ބަދަލުތަކަކީ ސަރުކާރުގެ ހިންގުން ރަނގަޅަށް ގެންދިޔުމަށް އަބަދުވެސް ކޮންމެ ސަރުކާރަކުންވެސް ގެންނަ ބަދަލުތަކެއްކަމަށް މީގެ ކުރިން ސަރުކާރުން ބުނެފައިވެ އެވެ.

މިފަހުން ޕީސީބީން ބައެއް ކުންފުނިތަކުގެ ބޯޑަށް ގެނައި ބަދަލުތަކުގެ ތެރޭގައި އެސްޓީއޯގެ ބޯޑަށް އާއިޝަތު ފަޒީނާ އައްޔަނުކުރުމާއި އެމްޕީއެލްގެ ބޯޑުން ޝިޔާމް އިބްރާހިމް ވަކި ކުރުން ހިމެނެ އެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *