މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑު މެންބަރުކަމަށް އަހުމަދު ސަރުވަޝް އާދަމް އާއި އަބްދުލް މަޖީދު އަލީ އައްޔަން ކޮށްފި އެވެ.

މި ދެ ބޭފުޅުން ޕެންޝަން އޮފީހުގެ ބޯޑު މެންބަރުކަމަށް އައްޔަންކޮށްފައިވަނީ ޕްރައިވެޓް ސެކްޓާ ތަމްސީލު ކުރާ މެންބަރުންގެ ހައިސިއްޔަތުންކަމަށް އެ އޮފީހުން ބުނެ އެވެ.

ސަރުވަޝް ވަނީ މީގެ ކުރިން ފިނޭންސް މިނިސްޓްރީ އާއި މީރާގެ އިސް މަގާމުތަކުގައި މަސައްކަތް ކުރައްވާފަ އެވެ. އެގޮތުން ފިނޭންސް މިނިސްޓްރީގެ ޗީފް ފައިނޭންޝަލް ބަޖެޓް އެގްޒެކެޓިވް މަގާމު އަދާ ކުރައްވާފައިވާ އިރު މީރާގެ ޗެއާޕާސަންގެ މަގާމު ވެސް އަދާކުރައްވައިފައިވެ އެވެ.

މަޖީދު ވަނީ ޕެންޝަން އޮފީހުގެ ބޯޑު މެންބަރުގެ މަގާމު 2022 ވަނަ އަހަރު ވެސް އަދާކުރައްވައިފައެވެ.

ޕެންޝަން އޮފީހުގެ ބޯޑުގައި ތިއްބަވަނީ 8 މެންބަރުންނެވެ. އެއީ ބޯޑުގެ ޗެއަރޕަރސަންއާއި، ސެކިއުރިޓީސް މާރކެޓް ރެގިއުލޭޓަރގެ އިސް މުވައްޒަފަކާއި، މިނިސްޓްރީ އޮފް ފިނޭންސްގެ ސިވިލް ސަރވިސްގައި ހިމެނޭ އިސް މުވައްޒަފަކާއި، ސޯޝަލް ސެކިއުރިޓީއާބެހޭ ކަންތައްތައް ބަލަހައްޓާ މިނިސްޓްރީގެ ސިވިލް ސަރވިސްގައި ހިމެނޭ އިސް މުވައްޒަފަކާއި އަދި ދައުލަތުގެ ނުވަތަ ސަރުކާރުގެ ވަޒީފާއެއް އަދާނުކުރައްވާ ޕްރައިވެޓް ސެކްޓަރ ތަމްސީލު ކުރަށްވާ 4 މެންބަރުންނެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *