ހުޅުމާލޭ ފޭސް 2ގައި ހިންގާ ސަމަން ސްޕަމާކެޓަށް އިތުރު މުވައްޒަފުން ހޯދަން އިއުލާންކޮށްފިއެވެ.

އެ ކުންފުނިން ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި އެގްޒެކެޓިވް ޖޮބްތަކާއި ކޭޝިއަރުންނާއި އެހީތެރިންނާއި ސާފުކުރާ މީހުންވެސް އެތަނަށް ބޭނުންވެއެވެ.

އެކަމަށް އެދޭ މީހުން ލިޔެކިއުންތައް ހިފައިގެން ހުޅުމާލޭ ފޭސް 1ގައި ހުންނަ ސަމަން ހޯސްޓަށް ދިއުމުން ވަގުތުން އިންޓަވިއު ކުރާނެއެވެ. ސަމަން ހޯސްޓް ހުންނަނީ ބަންގްލަދޭޝް ހައިކޮމިޝަން ކައިރީގައެވެ.

އެ ކުންފުނިން ބުނި ގޮތުގައި ސްޕަމާކެޓް ރަނގަޅަށް ހިންގުމަށްޓަައި މިހާރުން މިހާރަށްވެސް ގިނަ އަދަދެއްގެ މުވައްޒަފުން ނަގަންޖެހެއެވެ.

ސަމަން ޓްރޭޑިން ޕްރައިވެޓް ލިމިޓެޑުން ހިންގާ ސުޕަމާކެޓް ހުންނަނީ ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި، ވިނަރެސް ޓަވަރު 3ގެ ގްރައުންޑް އަދި ފުރަތަމަ ފަންގިފިލާގަ އެވެ.

ފޭސް2ގައި އެންމެ ހިނގާ އަދި އެންމެ މަޝްހޫރު އެއް މާޓްގެ ގޮތުގައި ސަމަންގެ ސްޕަމާކެޓް ހިމެނެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *