ކެފ،ޭ ރެސްޓޯރަންޓާއި ފިހާރަތަކަށް ބިދޭސީ މުވައްޒަފުން ގެނައުމުގެ ޓްރެންޑް ރާއްޖޭގައި ފެށުނުއިރު އެ މާކެޓް ޑޮމިނޭޓްކުރަމުން ގެންދިޔައީ ޕިލިޕީންސް ކުދިންނެވެ. އެއީ މީގެ ފަސް ވަރަކަށް އަހަރު ކުރިއެވެ. އެހެންނަަމަވެސް މިއަދު އެމަންޒަރު ވަނީ ބަދަލުވެފައެވެ. މިއަދު އެމާކެޓް ޑޮމިނޭޝަން ނޭޕާލްކުދިން އަތުލައިފިއެވެ.

މިހާރު ކެޕޭ، ރެސްޓޯރަންޓާއި ފިހާރަތަކުގެ މަސައްކަތްކަތްތަކުގައި ހަރަކާތްތެރިވާ ބިދޭސީންގެ ތެރޭގައި އެންމެ ގިނައީ ނޭޕާލްކުދިންނެވެ. ޚާއްސަކޮށް އަންހެން ކުދިންނެވެ.

ދިރާސާކުރާ ފަރާތްތަކުން ދެކޭ ގޮތުގައި މިބަދަލު އައުމުގެ މައިގަނޑު ސަބަބަކީ މުސާރަ ކުޑަވުމާއި ޝަރުތުތައް މަދުވުމާއި ގެންނަން ފަސޭހަވުމެވެ.

"ޕިލިޕީންސް ކުދިންގެ ޑިމާންޑްތައް ވަރަށް ހައިވާނެ. އަބަދުވެސް އެހެން ޖޮބަކަށް ބަލަބަލާ ހުންނާނީ. އެހެނެއް ނުވޭ ނޭޕާލް ކުދިން. އެކުދިން އެއުޅޭ ތަނެއްގައި ބަސް އަހައިގެން އުޅޭނެ. މާބޮޑު ޝަކުވާއެއް ނޯންނާނެ. އެއީ ނޭޕާލް ކުދިން މާކެޓް ޑޮމިނޭޓްކުރި ސަބަބަކީ،" ފިހާރަވެރިއަކު ބުންޏެވެ. "އަހަރެންގެ ފިހާރަތަކުގެ ހުރިޙާ މަގާމެއް މިހާރު އަދާކުރާނީ ނޭޕާލްކުދިން."

ހުޅުމާލޭގައި ކެފޭއެއް ހިންގާ ފަރާތަކުން ބުނީ ނޭޕާލްކުދިން ގެންގުޅެން ފަސޭޙަވެފައި ބުރަކޮށް މަސައްކަތްކުރަން ޖެހުމަކުން ޝަކުވާއެއް ނުކުރެއެވެ.

"ވަރަށް މުރާލި ބައެއް އެއީ. ކިތަންމެ ބުރަވިއަސް ޝަކުވާއެއް ނޯންނާނެ. މުސާރަ ކުޑަވެފައި ގެންގަންވެސް އެހާ ފަސޭޙަ އެމީހުން. އެހެންވެ ޕިލިޕީންސް ކުދިން ދޫކޮށްލީ. މިހާރު ޚިދުމަތްދޭން މާ ފަސޭހަ،" އޭނާ ކިޔައިދިނެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *