މިފްކޯއިން ރާއްޖޭގެ އެކި ހިސާބުތަކުގައި ހިންގުމަށް ނިންމާފައިވާ މަޝްރޫޢުތައް ހިންގަން ބޭނުންވާ ފައިސާ ހޯދަން އިސްލާމިކް ޑިވެލޮޕްމަންޓު ބޭންކު، އައިއެސްޑީބީއަށް ހުށަހަޅައިފިއެވެ.
މިފްކޯއިން ހުށަހަޅާފައިވަނީ 64.64 މިލިޔަން ޑޮލަރު، ނުވަތަ 996 މިލިޔަން ރުފިޔާގެ ލޯނަކަށެވެ. މިކަން ހާމަކޮށް މިފްކޯއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި ލޯނު ހަމަޖެހޭނެކަމުގެ ޔަޤީންކަން އެބޭންކުން ދީފައިވާކަމަށެވެ.
މިފްކޯއިން ބުނީ މިފައިސާ ހަރަދު ކުރުމަށް ހަމަޖެހިފައިވަނީ މައިގަނޑު 7 މަޝްރޫޢަކަށް ކަމަށެވެ. އެއީ މޯލްޑިވްސް ފިޝް ސެކްޓަރ ކެޕޭސިޓީ ސްޓްރެންތަނިންގ ޕްރޮޖެކްޓުގެ ދަށުން 7 މަޝްރޫޢުއެވެ. މީގެތެރޭގައި އިހަވަންދޫ އަދި އައްޑޫ ފިޝަރީޒް ކޮމެޕްލެކްސްގައި 500 މެޓްރިކް ޓަނުގެ ކޯލްޑު ސްޓޯރޭޖަކާއި 50 މެޓްރިކް ޓަނުގެ ބްރައިން ފްރީޒިން ކެޕޭސިޓި ޤާއިމްކުރުމާއި، ހުޅުމާލޭގައި މަސް ބަންދުކުރާ ކާރުޙާނާއެއް ތަރައްޤީކުރުން ހިމެނެއެވެ.
MIFCO has applied for US$ 64.65 million in financing from the Islamic Development Bank, with support from the Government of Maldives, to strengthen fisheries infrastructure and sustainability. This funding will enhance facilities, equipment, and expertise—driving industry growth! pic.twitter.com/wyXO9kM9Y1
— MIFCO (@mifcomv) March 16, 2025
މިފްކޯއިން ކުރި އިއުލާނުގައި ބުނެފައިވަނީ އެ ފަންޑުގެ ދަށުން ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާގެ ކެޕޭސިޓީ އިތުރު ކުރަން މުހިއްމު މަސައްކަތްތަކެއް ރޭވިފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިދުމަތްތައް ރަނގަޅު ކުރުމަށާއި ބައެއް ތަކެތި ގަތުމުގެ އިތުރުން ކޮންސަލްޓިން ހިދުމަތް ވެސް ހިމެނެއެވެ.

