ކުދި އަދި މެދުފަންތީގެ ވިިޔަފާރި ކުރިއަރުވާ، އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން، އެސްޑީއެފްސީގެ "ވިޔަފާރި އެހީ" ލޯނަށް އެދި ހުށައެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެސްޑީއެފްސީން ސޯޝަލް މީޑިއާގައި ބުނެފައިވާ ގޮތުގައި ވޭތުވެދިޔަ 1 އަހަރު ދުވަހު މެދުކެނޑުމެއްނެތި ވިޔަފާރިކުރަމުންދާ ކޮންމެ ފަރާތަކަށްވެސް ލޯނަށް އެދި ހުށައެޅޭނެއެވެ. އެސްޑީއެފްސީން ވިދާޅުވީ މުދާ ގަތުމަށާއި ދުވަހުން ދުވަހަށް ބޭނުންވާ ވިޔަފާރީގެ ޚަރަދުތައް ކުރުމަށް މިލޯނު ބޭނުންކުރެވިދާނެ ކަމަށެވެ. އެސްޑީއެފްސީގެ ވެބްސައިޓުން ލޯނަށް އެދި ހުށަހެޅޭނެ ކަމަށާއި، "ވިޔަފާރި އެހީ" ލޯނު ސްކީމްގެ ދަށުން އެންމެ ގިނަވެގެން ނެގޭނީ 1.5 މިލިޔަން ރުފިޔާކަމަށް އެސްޑީއެފްސީއިން ބުނެއެވެ.

ލޯނުގެ ގަވާޢިދު ހަމަޖެހިފައިވާ ގޮތުން، ލޯނުގެ އަދަދު 700،000 ރުފިޔާއަށްވުރެ މަތިވާނަމަ ރަހުނެއް ދައްކަން ޖެހޭނެއެވެ. އަދި އިންޓްރެސްޓް ރޭޓުގެ ގޮތުގައި އަހަރަކު %9.5 އިތުރުވާނެއެވެ. މީގެއިތުރުން ގްރޭސް ޕީރިއަޑްގެ ގޮތުގައި ގިނަވެގެން 6 މަސް ދުވަސް ދޭއިރު، ލޯނު އަނބުރާ ދެއްކުމަށް ގިނަވެގެން ލިބެނީ 5 އަހަރުއަަރެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *