އ.ދގެ ކޮމަން ފަންޑް ފޯ ކޮމޮޑިޓީސް (ސީއެފްސީ) އިން ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ދަނޑުވެރިންނަށް ލޯނަށް އެދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އދ ގެ ކޮމަން ފަންޑް ފޯ ކޮމޮޑިޓީސް (ސީއެފްސީ) ގެ މެމްބަރު ގައުމު ތަކުގެ ދަނޑުވެރިންނަށް ހުޅުވާލާފައިވާ މި ލޯނު ސްކީމުގައި ރާއްޖޭގެ ލިބިފައިވާކަމަށް ދަނޑުވެރިކަމާ ބެހޭ މިނިސްޓްރީގެ ފަރާތުން ވަނީ ބުނެފައެވެ.
ދަނޑުވެރިކަމާއި ބެހޭ މިނިސްޓްރީން ވިދާޅުވީ ލޯނު ދިނުމުގައި އަންހެން ދަނޑުވެރިންނަށް އަދި އަންހެނުން އިސްކޮށް ހަރަކާތްތެރިވާ ދަނޑުވެރިކަމުގެ ވިޔަފާރިތަކަށް ސީއެފްސީ އިން އިސްކަންދިނުމަށް ނިންމާފައިވާ ކަމަށާއި، މި ލޯނަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހަޅުމުގެ ފުރުސަތު 1 އޭޕްރީލްގެ ނިޔަލަށް ހުޅުވާލާފައި ވާކަމަށެވެ. އަދި މި ލޯނަށް އެދި ހުށަހަޅާ ޕްރޮޕޯސަލްތަކުގެތެރެއިން އިޖާދީ ވަސީލަތްތަކުގެ އެހީގައި ދަނޑުވެރިކަން ކުރުމަށް ހުށަހަޅާ ފަރާތްތަކަށް އިސްކަން ދޭންވެސް ސީއެފްސީއިން ނިންމާފައިވާ ކަމަށާއި މީގެއިތުރުން ދަނޑުވެރިކަމުގެ އެކި ދާއިރާތަކުގައި ބޭނުންކުރާ ވަސީލަތްތަކުގެ ވިޔަފާރިތަކަށްވެސް މި ލޯނަށް އެދި ހުށަހެޅޭނެ ކަމަށް ބުނެފައިވެއެވެ.
އަދި މި ލޯނު ޕްރޮގްރާމާއި ގުޅޭ އިތުރު މަޢުލޫމާތު ސީއެފްސީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށްވެސް ދަނޑުވެރިކަމާއި ބެހޭ މިނިސްޓްރީން ބުނެފައިވެއެވެ.

