ރޯދަ މަހުގެ ފަހު 10ގެ ބަންދު ތެރޭ 3 ދުވަހު މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ)ގެ ބިޒްނަސް ބްރާންޗުގެ ހިދުމަތް ލިބޭނެ ކަމަށް އެ ބޭންކުން ބުނެފި އެވެ.
ރޯދަ މަހުގެ ފަހު 10 ސަރުކާރު ބަންދުވިޔަސ،ް އެމްއައިބީން ބުނީ ބަންދު ތެރޭ އެ ބޭންކުގެ ބިޒްނަސް ބްރާންޗުގެ ހިދުމަތް މި މަހުގެ 20، 27 އަދި 29 ވަނަ ދުވަހު ލިބޭނެ ކަމަށެވެ. އެ ތިން ދުވަހު ވެސް އެ ބޭންކުގެ ހިދުމަތް ލިބޭނީ ހެނދުނު 9:30 އިން މެންދުރު 2 އަށެވެ.
އެމްއައިބީގެ ހުރިހާ ހިދުމަތެއް ވެސް ބޭންކަށް ނުގޮސް ހޯދޭނެ އެވެ. އެގޮތުން، 2023 އިން ފެށިގެން ބޭންކަށް ނުގޮސް އެކައުންޓު ހުޅުވުމުގެ ހިދުމަތް ދޭން ފަށާފައިވާއިރު، އެ ބޭންކުގެ ފައިސާނެޓުން ވިޔަފާރިތަކަށް ބޭނުންވާ ގިނަ ހިދުމަތްތަކެއް އޮންލައިންކޮށް ލިބެ އެވެ.

