އަލް ޒަހާ ޖެނެރަލް ޓްރޭޑިންގެ ފަރާތުން ދުބާއީން ރާއްޖެއަށް މުދާ ގެނެއުމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް އަދި ބޭނުންވާ ޚިދުމަތްތައްވެސް ދޭން ފަށައިފިއެވެ.
އެ ކުންފުނިން ފޭސްބުކްގައި ދިވެހި ބަހުންކޮށްގފައިވާ ޕޯސްޓެއްގައިވާ ގޮތުގައި އެކުންފުނިން ތިރީގައިވާ ޚިދުމަތްތައް ދިވެހިންނަށް ތަފާތު ކުރުމެއް ނެތި ފޯރުކޮށްދޭނެއެވެ.
1 .ދުބާއީއަށް ގޮސް ވިޔަފާރިކުރަން ބޭނުންނަމަ، އެކަމުގެ އެހީތެރިކަންވެސް ލިބޭނެ
2. ދުބާއީ ބާޒާރުން އެއްޗެއް ގަންނަން ބޭނުންމަވެސް، އެ ޙިދުމަތްވެސް ލިބޭނެ
3. އަނެއްކާ ދިވެހި ފައިސާއިން ލާރި ދެއްކޭނެ (ދުބާއީގެ ބާޒާރުން ގަންނަނަމަ)
4. ދުބާއީން އަމިއްލައަށް ގަނެފަ، މާލޭއާއި ހަމައަށް ގެނެސްދޭން ކަމަށްވިޔަސް، އެ ޙިދުމަތްވެސް ލިބޭނެ
5. ދުބާއީގައި ގުދަން ކުރަން ބޭނުންނަމަ، އެ ޙިދުމަތްވެސް ލިބޭނެ
6. މުދާ ރާއްޖެ އަންނަ ހިސާބުން، މުދާ ކްލިއާ ކުރުމުގެ ޙިދުމަތްވެސް ލިބޭނެ
އެ ކުންފުނިން ބުނީ މި ޚިދުމަތްތައް ތައާރަފްކުރީ ގިނަ ދިވެހިން ދުބާއީން ކުދި އަދި ބޮޑެތި އޯޑަރުތައް ޖަހަން ބޭނުންވެ، އެކަމުގެ އެންމެ ރަނގަޅު އެޖެންޓް ހޯދުމުގައި ދަތިވާތީއެވެ.
އިތުރު މަޢުލޫމާތި ހޯދާލަން ބޭނުންނަމަ، ކުންފުނީގެ ފޭސްބުކް ޕޭޖަށް މި ޕޭޖަށް މެސެޖެއް ކޮށްލިމަށް، ނޫންނަ054 599 7800 އަށް ވަޓްސްއަޕްކޮށްލަ ދިނުމަށް އެކުންފުނިން އެދެއެވެ.

