ވިޔަފާރި އުސޫލުން ދަނޑުވެރިކަން ކުރާ ފަރާތްތަށް ދަފްތަރުވުމަށް މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ އިން އެދެފި އެވެ.
މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ އިން އެކަން ހާމަކޮށް ކޮށްފައިވާ އިއުލާނުގައި ބުނީ ރާއްޖޭގައި ވިޔަފާރި އުސޫލުން ދަނޑުވެރިކަމުގައި ހަރަކާތްތެރިވެ އުޅޭ ފަރާތްތައް ދެނެގަތުމަށްޓަކައި އެ މިނިސްޓްރީއިން ވަނީ ދަފްތަރެއް އެކުލަވާލުމަށް ނިންމާފައި ކަމަށާއި އެގޮތުން އެ ދަފްތަރުގައި ނަން ނޯޓް ކުރުމުގެ ފުރުސަތު އޭޕްރީލް މަހުގެ 9 ވަނަ ދުވަހުގެ ނިއަލަށް ހުޅުވާލާފައިވާ ކަމަށެވެ.
ދަފްތަރުގައި ބައވެރި ވެވޭނެކަމަށް އިއުލާނުގައި ބުނެފައިވަނީ މިވަގުތު ދަނޑުވެރިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ތެރެއިން އަންނަނިވި ފަރާތްތަކެވެ:
- ވިޔަފާރި އުސޫލުން ދަނޑުހައްދާ ފަރާތްތައް،
- ވިޔަފާރި އުސޫލުން ކުދިޖަނަވާރާއި ކުކުޅު ގެންގުޅޭ ފަރާތްތައް
- ވިޔަފާރި އުސޫލުން ގަސް ހައްދާ ވިއްކާފަރާތްތައްް
- އަދި ވިޔަފާރި އުސޫލުން އެ މަސައްކަތް ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތައް
އެހެންކަމުން ދަނޑުވެރިކަމުގައި ހަރަކާތްތެރިވާ އަދި ހަރަކާތްތެރިވުމަށް ޝައުޤުވެރިވާ ފަރާތްތައް 10 އޭޕްރީލް 2025 ވަނަ ދުވަހުގެ ކުރިން އެ މިނިސްޓްރީގެ [email protected] މެއިލްއަށްް ފޯމު ހުށަހެޅުމަށް ވަނީ ހުޅުވާ ލާފައެވެ.
މީގެ އިތުރުން އިއުލާނުގައި ބުނެފައިވަނީ މިވަގުތު މީހުން ދިރިއުޅޭ ރަށްތަކުގައި ދަނޑުވެރިކަން ކުރަމުން އަންނަ އަމިއްލަ ފަރުދުން އެ ދަފްތަރުގައި ނުހިމެނޭ ކަމަށެވެ. އަދި އެކަމާ ގުޅޭ އިތުރު މަޢުލޫމާތު ބޭނުންފުޅުވެލައްވާނަމަ އެ މިނިސްޓްރީގެ [email protected] އީމެއިލް އަށް މެއިލްކުރެއްވުމަށްވެސް އެދިފައި ވެއެވެ.

