މަމްސް އެއިޑްގެ ކެއާ ލިސްޓުގައި ހިމެނޭ އާއިލާތަކުގެ ތެރެއިން ދިރާސީ އާ އަހަރު ފެށޭއިރު ސްކޫލަށް ތައްޔާރު ކުރުމުގައި ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ އާއިލާތަކުގެ ކުދިންނަށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުމަށް މަމްސް އެއިޑުން ހިންގާ "ބެކް ޓު ސްކޫލް" ކެމްޕޭނަށް ބީއެމްއެލް އިސްލާމިކް އިން 100،000 ރުފިޔާ ހަދިޔާކޮށްފިއެވެ. މި އެހީގެ ދަށުން 100 ދަރިވަރަކަށް އެހީތެރިކަން ފޯރުކޮށްދެވިގެންދާނެއެވެ.

އިޖުތިމާއީ އެކި ކަންކަމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭންކް އޮފް މޯލްޑިވްސް އިން އަބަދުވެސް އިސްކަން ދެއެވެ. ވޭތުވެ ދިޔަ އަހަރުތަކުގެ ތެރޭގައި މަމްސް އެއިޑުން ހިންގި އެކި ހަރަކާތްތަކަށްވެސް އެހީތެރިކަން ފޯރުކޮށްދީފައިވާއިރު، މި ރަމަޟާން މަހު އަސާސީ ބޭނުންތައް ފުއްދުމަށް ދަތިވެފައިވާ އާއިލާތަލަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަމްސް އެއިޑުން ހިންގި ކެމްޕޭނަށް ބޭންކުގެ މުވައްޒަފުންވަނީ އަމިއްލަ ގޮތުން އެހީތެރިވެދީފައެވެ. ބީއެމްއެލް އިސްލާމިކް އިން އަންނަނީ ޚިދުމަތަށް 10 އަހަރު ފުރޭ މުނާސަބަތާ ގުޅިގެން މުޖުތަމައަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މިފަދަ ތަފާތު ހަރަކާތްތައް ހިންގަމުންނެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *