މ. މަޑުއްވަރީ އާއި ދިއްގަރުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އޭޓީއެމް ޚިދުމަތް ފަށައިފިއެވެ.

މަޑުއްވަރީ އާއި ދިއްގަރުގައި އިއްޔެ ބޭއްބި ޚާއްޞަ ރަސްމިއްޔާތެއްގައި އޭޓީއެމް ހުޅުވައި ދެއްވީ ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފު ޢުމަރެވެ.

މަޑުއްވަރީގެ އޭޓީއެމް ޚިދުމަތް ފައްޓަވާދެއްވުމަށްފަހު އާދަމް ޝަރީފް ދެއްކެވި ވާހަކަފުޅުގައި، ވިދާޅުވީ އަތުގައި އޮތް ކާޑު ހިފައިގެން ގޮސް ރަށުގެ އޭޓީއެމުން ފައިސާ ނެގޭނެ ގޮތް ވުމަކީ މަޑުއްވަރީ ރައްޔިތުންނަށް ލިބިގެން ދިޔަ ވަރަށް ބޮޑު ލުއި ފަސޭހައެއް ކަމަށެވެ.

މި ރަސްމިޔާތުގައި ބޭންކް އޮފް މޯލްޑިވްސްގެ ޗެއާޕާސަން އަޙްމަދު އަލީ ހަބީބް އަދި ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) މުޙައްމަދު ޝަރީފުގެ ބައިވެރިވެވަޑައިގެންނެވި އެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ބަހައްޓައި އޭޓީއެމްގެ ޚިދްމަތްތައް ފޯރުކޮށްދިނުމަށްޓަކައި އިކޮނޮމިކް މިނިސްޓްރީ އާއި ބޭންކް އޮފް މޯލްޑިވްސްއާއި ދެމެދު އެއްބަސްވުމެއްގައި ސޮއި ކުރެވުނީ 7 ނޮވެމްބަރ 2024 ގަ އެވެ. އެގޮތުން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ހިދުމަތް ދިނުމަށް ބީއެމްއެލް އަދި ސަރުކާރު ގުޅިގެން ކުރިއަށް ގެންދާ އެ މަޝްރޫއުގެ ތެރެއިން މިހާތަނަށް ހއ. އަތޮޅު، ނ. އަތޮޅު އަދި ދ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ހިދުމަތް ދޭން ވަނީ ފަށައިފަ އެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *