މަސްވެރިކަން ރާވައި، ހިންގައި ބެލެހެއްޓުމާ ބެހޭ ގަވާއިދުގެ ދަށުން މަސްވެރިކަމުގެ 5 ދާއިރާއަކުން އެކުލަވާލާ ލަފާދޭ 5 ކޮމެޓީގެ މެމްބަރުކަމަށް ކުރިމަތިލުމަށް ފިޝަރީޒް މިނިސްޓްރީން ހުޅުވާލައިފި އެވެ.

ކަނޑުމަހުގެ މަސްވެރިކަން މެނޭޖްކުރުމަށް ލަފާދޭ ކޮމިޓީގެ މެމްބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލާފައިވަނީ ކަނޑުމަހުގެ މަސްވެރިކަމުގެ ބާވަތްތަކުގެ ތެރެއިން ވަދު ނަނުގެ މަސްވެރިކަން ކުރާ ފަރާތެކެވެެ.

ހުއިފިލަނޑާގެ މަސްވެރިކަން މެނޭޖްކުރުމަށް ލަފާދޭ ކޮމިޓީގެ މެމްބަރުކަމަށް ހުޅުވާލާފައިވަނީ ހުއިފިލަނޑާގެ މަސްވެރިކަން ތަމްސީލުކުރާ 2 ފަރާތަކާއި ހުއިފިލަނޑާގެ ބާވަތްތައް އެކްސްޕޯޓްކުރާ ފަރާތްތައް ތަމްސީލުކުރާ 2 ފަރާތަކަށެވެ.

ފާނަ މަސްވެރިކަން މެނޭޖް ކުރުމަށް ލަފާދޭ ކޮމިޓީގެ މެމްބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލާފައިވަނީ ފާނަ މަސްވެރިކަން ތަމްސީލުކުރާ ފަރާތަކާއި، ފާނަ އެކްސްޕޯޓްކުރާ ފަރާތްތައް ތަމްސީލުކުރާ ފަރާތެކެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *