ޔޫރަޕާއި އެމެރިކާގައި މަޝްހޫރު އިލެކްޓްރިކް ކާރު ބްރޭންޑެން ކަމަށްވާ ރިވިއަންގެ އާރް2 މޮޑެލްގެ 100،000 ކާރަށް ޕްރީ އޯޑަރު ލިބިއްޖެ ކަމަށް އެ ކުންފުނިން އިއުލާންކޮށްފިއެވެ.

ޖާގައިގެ ގޮތުން ފަސޭހަ އެހެން އެސްޔޫވީއަށްވުރެ ކުޑަ މި ކާރު ވިއްކަނީ ގާތްގަނޑަކަށް 40،000 ޑޮލަރަށެވެ. ޓެކްސްގެ ލުއިކަން ލިބޭ ގައުމުތަކުގައި 35،000 ޑޮލަރަށް ކާރެއް ގަންނަން ލިބޭނެ ކަމަށް ކުންފުނިން ބުންޏެވެ.

ކާރުގެ ޑިޒައިނާއި އަގުގެ ސަބަބުން 2026 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާގައި މިކާރުގެ މާސް ޕްރޮޑަކްޝަނެއް ޕްލޭންކޮށްފައިވާ ކަމަށްވެއެވެ.

ރިވިއަންގެ މި ކާރު ޑިޒައިން ކޮށްފައިވަނީ ޔޫރަޕުގައި މިހާރު ގެންގުޅޭ އިލެކްޓްރިކް ގިނަ ކާރުތައް ބަލައިގެން، އެ ހުރިހާ ފަސޭހަތަކެއް އެއްކޮށްލައި، ރީތިކަންވެސް އެއްކޮށްލައިގެންނެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *