ވޭތިވެދިޔަ އަހަރުގެ ފައިދާއިން ހިއްސާއަކަށް 55 ރުފިޔާ ދިނުމަށްް ބޭންކް އޮފް މޯލްޑިވްސް ގެ އަހަރީ އާންމު ޖަލްސާއަށް ހުށަހަޅަން އެ ކުންފުނީގެ ބޯޑުން ނިންމައިފި އެވެ.
ބީއެމްއެލްއިން ބުނީ މިދިޔަ އަހަރުގެ ކުންފުންޏަށް ވެފައިވާ ބޮޑު ފައިދާގެ ތެރެއިން ކުންފުނީގެ ހިއްސާދާރުންނަށް ހިއްސާއަކަށް 55 ރުފިޔާގެ މަގުން ޖުމްލަ 296 މިލިއަން ރުފިޔާ ހިއްސާދާރުންނަށް ބަހަން އެ ކުންފުނީގެ ބޯޑަށް ހުށަހަޅާން ނިންމާފައިވާ ކަމަށާއި އެ އަދަދަކީ މިހާތަނަށް އެކުންފުނިން ހިއްސާދާރުންނަށް ބަހާ އެއްމެ ބޮޑު އަދަދު ކަމަށެވެ ކަމަށެވެ. މިދިޔަ އަހަރު އެކުންފުނިން 269 މިލިއަން ރުފިޔާ ހިއްސާއަކަށް 50 ރުފިޔާގެ މަގުން ބަހާފައެވެ.
މިދިޔަ އަހަރު ހިންގުމުގެ ފައިދާގެ ގޮތުގައި 2.85 ބިލިއަން ރުފިޔާ އަދި ސާފު ފައިދާގެ ގޮތުގައި 2.24 ބިލިއަން ރުފިޔާ އެ ބޭންކަށް ލިބިފައިވާއިރު މިދިޔަ އަހަރު އެ ކުންފުންޏަށް 21،000 އަށް ވުރެ ގިނަ އާ ކަސްޓަމަރުން އިތުރުވެފައިވެއެވެ.

