ބޭނުންކޮށްލަން ވަރަށް ފަސޭހަ އެއާބީއެންބީ ސްޓައިލް ޕްލެޓްފޯމެއް ރާއްޖެއަށް ތައާރަފްކުރަން ތައްޔާރުވެއްޖެއެވެ.
އެކޮމޮ ޑޮކް އެމްވީ ގެ ނަމުގައި ހަދާފައިވާ އެޕްލިކޭޝަނަކީ ޗާޓްވެސް އިންޓްގޭޓްކޮށްފައި ފަސޭހައިން ބުކިންސް ހަދާލެވޭ ޕްލެޓްފޯމެކެވެ.
ހޮޓެލާއި ގެސްޓް ހައުސްއާއި ހޯމް ސްޓޭ ވިއްކާ މީހުންނަށް ވެސް މި އެޕުން ވަރަށް ބޮޑު ލިޔެއް ލިބޭނެ ކަމަށް އެމީހުންގެ އިސްތިހާރުގައި ބުނެފައިވެއެވެ.
އެޕްލިކޭޝަން ތަރައްގީކޮށްފައިވަނީ ދިވެހި ރުފިޔާ އާއި ޑޮލަރުންވެސް ބުކިންސް ހަދާލެވޭ ގޮތަށެވެ.
ކޮންމެ ބުކިންއެއް އެސްއެމްއެސް އާއި ޓެލެގްރާމް މެދުވެރިކޮށް ކަސްޓަމަރަށް އަންގާނެއެވެ.
ބައެއް ފަސޭހަތައް:
- ފޯން ނަމްބަރުން ރަޖިސްޓްރީ ކޮށްލެވުން
- އެންޑްރޮއިޑާއި އައިއޯއެސްއަށް ވެސް އިންސްޓޯލްކުރެވުން
- ރޫމް ރޭޓާއި ލޮކޭޝަނުން ފިލްޓަރކޮށްލެވުން
- މުޅި ރާއްޖެ ކަވަރު ކުރެވުން
- އިމޭޖަސް އާއި ޑިސްކްރިޕްޝަނާއި ރިވިއުސް ހިމެނުން

