މިދިޔަ އަހަރު ސްޓެލްކޯއަށް 138 މިލިއަން ރުފިޔާ ފައިދާ ވެއްޖެ ކަމަށް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވެއްޖެއެެވެ.
އޭނާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވާ ގޮތުގައި މިފައިދާއަކީ ވަސީލަތްތައް ހެޔޮ ގޮތުގައި ބޭނުންކުރުމާއި އިސްރާފުކުޑަކުރުމާއި މެނޭޖްމަންޓް ރަނގަޅުވުމުގެ ނަތީޖާއެވެ.
ފަހުމީގެ އެކްސްގައި ހާމަކުރައްވާފައިވާ ހިސާބުތައް ދައްކާ ގޮތުގައި؛
- 2021: 104.7 މިލިއަން ރުފިޔާ ފައިދާ
- 2022: 106.8 މިލިއަން ރުފިޔާގެ ފައިދާ
- 2023: 171.9 މިލިއަން ރުފިޔާގެ ގެއްލުން ވި
- 2024: 137.9 މިލިއަން ރުފިޔާ ފައިދާވި
ފަހުމީ ވިދާޅުވީ 138 މިލިއަން ރުފިޔާގެ ފައިދާ އޭނާ ފާހަގަކުރަނީ ވަރަށް މުހިއްމު އަދި ސިގްނިފިކެންޓް ކަމެއްގެ ގޮތުގައެވެ.

