ބައެއް ބޮޑެތި ބްރޭންޑްތަކުގެ ރިސޯޓުތަކަށް މުވައްޒަފުން ހޯދަން ހުޅުވާލައިފިއެވެ.
އޭގެ ތެރޭގައި އަމިންގިރި ރިސޯޓް އެންޑް ސްޕާ އާއި ކޮންރެޓް މޯލްޑިވްސް ރަންގަލި އައިލެންޑާއި މޯލްޑިވްސް އިތާފުށި ހިމެނެއެވެ.
އެ ރިސޯޓްތަަކަށް ދިހަ ވަރަކަށް ދާއިރާއިން މުވައްޒަފުން ބޭނުންވެއެވެ.
މުވައްޒަފުން ހޯދާ ދާއިރާތަކުގެ ތެރޭގައި ޝެފުންނާއި ރޫމް އެޓެންޑެންޓުންނާއި ގެސްޓް ރިލޭޝަންސް އާއި ފުޑް އެންޑް ބެވަރޭޖް ފަދަ ދާއުރާތައް ހިމެނެއެވެ.
ވަޒީފާއަށް އެދޭ ފަރާތްތަކުން ސީދާ އެ ރިސޯޓްތަކަށް ސީވީ ފޮނުވުމަށް ވެސް އެރިސޯޓްތަކުން އެދެއެވެ.

