މެއި މަހުގެ 23 ން 30 އަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވުމަށް ހަމަޖެހިފައިވާ ދިވެހިންގެ އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި ބޭނުން ޢަދަދަކަށް ތަކެތި ބައިވެރި ކުރެވޭނެ ގޮތް ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ސެންޓަރ (ބީސީސީ) އިން ހަމަޖައްސައިފިއެވެ.

ކުރިން މަޢުރަޒުގައި ބައިވެރިވާ ކޮންމެ ފަރާތަކަށް 15 ބާވަތެއްގެ އުފެއްދުން ބައިވެރި ކުރެވޭ ގޮތަށް އޮތްނަމަވެސް މިހާރު މި އުސޫލު ބަދަލުކޮށްފައިވާކަމަށާއި، އެގޮތުން މިހާރު މައުރަޒުގައި ބައިވެރިވާ ފަރާތްތަކުން ބޭނުން ޢަދަދަކަށް ތަކެތި ބައިވެރި ކުރެވޭނެކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.

ޕީއެސްއެމްގެ ރާއްޖެ މިއަދުގައި ވާހަކަ ދައްކަވަމުން ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ސެންޓަރ ގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ސާމިހު އާދަމް ވިދާޅުވީ މިއީ ދިވެހި އުފެއްދުންތެރިކަމަށް އިތުރު ފުރުސަތުތަކެއް ފަހިކޮށްދިނުމުގެ އެހެން އަހަރުތަކާ ހިލާފަށް ވަރަށް ފުޅާކޮށް ބާއްވާ މައުރަޒެއްކަމަށާއި، އެގޮތުން މަޢުރަޒުގައި ބައިވެރިވުމަށް އީ-ގަވް މެދުވެރިކޮށް އޮންލައިންކޮށް ހުށަހެޅުމުގެ އިތުރުން، މައުރަޒުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރުއްވައިގެންވެސް ހުށަހެޅޭނެކަމަށް ދާޅުވެފައެވެ.

އަދި އިތުރަށް ސާމިހް ވިދާޅުވީ ފޯމް ބީސީސީގެ ހެޑް އޮފީހުންނާއި، އަތޮޅުތަކުގައި ޤާއިމް ކޮށްފައިވާ ބީސީސީގެ އޮފީސްތަކުގެ އިތުރުން ބީސީސީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެންވެސް ހުންނާނެ ކަމަށާއި މީގެ އިތުރުން ފޯމް ފުރުއްވުމަށްފަހު އީމެއިލްގެ ޒަރީޢާއިން ނުވަތަ ބީސީސީގެ ހެޑް އޮފީހަށް ނުވަތަ އަތޮޅުތެރޭގެ ކޮންމެ ބިޒްނަސް ސެންޓަރަކަށް ފޯމު ހުށަހެޅުއްވުމުންވެސް ފޯމް ބަލައިގަންނާނެކަމަށް ވިދާޅުވެފައެވެ.

މައުރަޒުގައި ބައިވެރިވާން އެދި ހުށަހެޅުމުގެ ސުންގަޑިއަކީ 31 މާރޗް 2025 އެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *