ލޯކަލް މާރުކޓުގައި ކުރުބާއެއް ވިއްކާ އަގު 60 ރުފިޔާއަށް އަރައިފިއެވެ.
ލޯކަލް މާރުކޭޓްގެ ގޮޅިތައް ހިންގާ ފަރާތްތަކުން ބުނީ ރަށްރަށުން މުދާ މާލެ ގެންނަ ގިނަ އުޅަނދުތަކެއް ބަންދާ ދިމާވާތީ ދަތުރުތައް ހުއްޓާލުމާ ގުޅިގެން ކުރުންބާގެ ސަޕްލައި އެއްކޮށްހެން ހުއްޓިފައިވާކމަށާއި، އެ ކަމާ ގުޅިހެން މިހާރު ހުރި ސްޓޮކްގެ އަގުތަށް ބޮޑުތަނުން މަތިވެފައިވާ ކަމަށެވެ.
އާއްމު ގޮތެއްގައި ބާޒާރުގައި ކުރުނބާގެ އަގުތައް އުޅެނީ 20 ރުފިޔާ އާއި 30 ރުފިޔާ އާއި ދެމެދުގައެވެ. އެ ގޮތުން މި ރޯދަ މަހުވެސް އެ މިންގަނޑުގައި އަގުތައް ހިފެހެއްޓިފައިވާ ކަމަށް ގޮޅިތައް ހިންގާ ފަރާތްތަކުން ބުނެއެވެ.
ކުރުންބާ ގެ އަގަށް އައި ބަދަލާ އެކު ކުރުނބާ ފުޅި އެއް ވިއކާ އަގުވެސް ވަނީ 100 ރުފިޔާއިން 180 ރުފިޔާ އަށް މަތިވެފައެވެ.

