އެސްޓީއޯ ގެ ދަށުން ހިންގަމުންއަންނަ އެފްއެސްއެމް އިން ޕެޓްރޯލް ވިއްކާ އަގު ހެޔޮކޮށްފިއެވެ.
އެސްޓީއޯ އިން ދުނިޔޭގެ ތެލުގެ ބާޒާރަށް އަންނަ ބަދަލުތަކާ އެއްގޮތަށް އެކުންފުނި އެތެރެކުރާ ތެޔޮ ވިއްކާ އަގުތަކަށްވެސް ދަނީ ބަދަލުގެންނަމުންނެވެ.
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަށަށް ގޮސްފައިވާތީ އެކުނިން ވަނީ ޕެޓްރޯ ލީޓަރަކުން 48 ލާރި ހެޔޮ ކޮށްފއެވެ. އެއާއެކު އެ ކުންފުނީގެ ޝެޑް ތަކުން މިހާރު ޕެޓްރޯލް ލީޓަރެއް ވިއްކަނީ 13.50ރ. އަށެވެ.
ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއް މިވަގުތު ލިބެން ހުރީ 60-72 ޑޮލަރާ ދެމެދުގެ އަގެއްގަ އެވެ. މީގެ ކުރިން އެސްޓީއޯ އިން އެންމެ ފަހުން ފެޓްރޯލްގެ އަގަށް ބަދަލެއް ގެނެސްފައިވަނީ މިދިޔަ އަހަރުގެ މޭ މަހު އެވެ. އޭރުނ ޕެޓްރޯލް ލީޓަރެއް ވިއްކަމުން އައީ 13.98ރ. އަށެވެ.

