ކުޅުދުއްފުށި ސިޓީގެ ފިހާރަތަކުން ވިއްކާ މުދަލުގައި އަގުޖެހުމަށް އެ ސިޓީގެ ކައުންސިލުން އަންގައިފި އެވެ.

އެކަން އެންގުމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ އެ ސިޓީގެ ބައެއް ފިހާރަތަކުން ވިއްކާ މުދަލުގައި އަގު ޖަހާފައި ނުހުންނަ ކަމުގެ ޝަކުވާ އާންމުންގެ ފަރާތުން އެ ކައުންސިލަށް ލިބެމުން އަންނަ ކަމަށެވެ. އެހެންކަމުން ޤާނޫނު ނަންބަރު 12/2020 (މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ޙިމާޔަތްކުރުމުގެ ޤާނޫނު) ގެ 16 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ވިއްކާ މުދަލުގެ އަގަކީ ކޮބައިކަން މުދާ ގަންނަ ފަރާތަށް ސާފުކޮށް އެނގޭގޮތަށް މެނުވީ، އެއްވެސް މުދަލެއް ވިއްކަން ބަހައްޓައިގެން ނުވާނެ ކަމަށެވެ.

އަދި ކުޅުދުއްފުށި ސިޓީގައި މުދާ ވިއްކާ އެންމެހާ ފަރާތްތަކުން މިކަމަށް ސަމާލުކަންދެއްވާ، ވިއްކާ މުދަލުގެ އަގު ސާފުކޮށް އެނގޭނެހެން ވިއްކަން ބަހެއްޓުމަށް އެ ކައުންސިލްގެ އިއުލާނުގައި ވަނީ އަންގާފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *