ރާއްޖޭގައި އަލަށް އުފެއްދި ޑިވެލޮޕްމަންޓް ބޭންކު އޮފް މޯލްޑިވްސް (ޑީބީއެމް) ގެ ސީއީއޯ ނޮއެލް ގްރެގާ ޕެޓަސަން-ޖޯންސް އިސްތިއުފާ ދެއްވައިފި އެވެ.
ޑިވެލޮޕްމަންޓް ބޭންކު އޮފް މޯލްޑިވްސް (ޑީބީއެމް) ގެ މެނޭޖިންގ ޑިރެކްޓަރު އަދި ޗީފް އެގްޒެކްޓިވް އޮފިސަރ ކަމުގެ މަޤާމުގައި ހުންނެވި މރ. ނޮއެލް ގްރެގަރ ޕެޓަރސަން-ޖޯންސް އިސްތިއުފާ ދެއްވުމަށް ހުށަހަޅުއްވާފައިވާތީ، އެ ބޭފުޅާގެ އިސްތިއުފާ ޤަބޫލުކޮށް އެ މަޤާމުން ވަކި ކޮށްފައިވާ ކަމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕޮރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން އެކްސް ގައި މިއަދު ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވެއެވެ.
ސަރުކާރުގެ އިގްތިސާދީ އެޖެންޑާގެ ދަށުން 16 ނޮވެމްބަރ 2024 ގައި އުފައްދަވާފައިވާ ޑީބީއެމްގެ ސީއީއޯ ކަމަށް ހަމަޖެއްސެވި އިނގިރޭސިވިލާތުގެ ރައްޔިތެއް ކަަމަށްވާ ނޮއޮލް އަކީ ދެކުނު އެފްރިކާގެ ކޭޕް ޓައުން ޔުނިވާސިޓީން ޑިގްރީ ފުރިހަމަ ކުރުމަށް ފަހު އޮކްސްފޯޑް ޔުނިވާސިޓީން މާސްޓާރސް ހައްދަވާފައިވާ ފަރާތެކެވެ. އަދި ބޭންކިންގެ ދާއިރާގައި 28 އަހަރުގެ ތަޖުރިބާ ލިބިލައްވާފައިވާ ބޭފުޅެކެވެ.

