ފަސެންޖާ ލައިނަރ، އެމްއެސް ކްރިސްޓަލް ސިމްޕަނީ މިއަހަރުގެ ތެރޭގައި ދެވަނަ ފަހަރަށް ރާއްޖެ އަތުވެއްޖެއެވެ.

ކަސްޓަމްސް އާއި އިމިގްރޭޝަނުން ބުނި ގޮތުގައި ފަސިންޖަރު ލައިނަރ މިއަދު ރާއްޖެ އައިސްފައި ވަނީ ކޮލަމްބޯއިންނެވެ.

އެމްއެސް ކްރިސްޓަލް ސިމްފަނީގައި ތިބި 307 ފަސިންޖަރުންނާއި 477 ފަޅުވެރިން ކަމަށް އިމިގްރޭޝަނުން ބުނެއެވެ.

"އެ އެންމެންނަށް ސީޕޯޓް ޑިވިޝަންގެ އޮފިސަރުން ވަނީ އެން ރޫޓް ކްލިއަރެންސްގެ ހިދުމަތް ކާމިޔާބުކަމާއެކު ފޯރުކޮށްދީފަ،" އިމިގްރޭޝަނުން ބުންޏެވެ.

އެ ޝިޕުން ރާއްޖެ އައި ފަސިންޖަރުން މިއަދު ވަނީ އެކްސްކާޝަނަށް މާލެ ފައިބާ ވިޔަފާރިކޮށް ތަންތަނަށް ވެސް ޒިޔާރަތްކޮށްފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *