މީސްމީޑިއާގައި އެންމެ ގަދައަށް އިސްތިހާރުކުރާ އެއް ޚިދުމަތަކީ އެއާކޮން އެޅުވުމާއި ސާވިސް ކުރުމާއި އެނޫންވެސް އެއާކޯނާ ގުޅޭ މަސައްކަތްތަކެވެ.

އެއާކޯނާ ގުޅޭ ޚިދުމަތްތައްދޭ ޕާޓީތަކުގެ މެދުގައި އިންތިހާއަށް ވާދަވެރިކަން ބޮޑުވެ، އަގުތައް ވެސް މިހާރު ވަނީ ދަށަށް ގޮސްފައެވެ.

އެގޮތުން 1200 ރުފިޔާއިން މަތީގައި ހުރި އެއާކޯން އެޅުވުމުގެ ޚިދުމަތުގެ އަގު މިހާރު ވަނީ 900 އަށް ވެއްޓިފައެވެ. ސާވިސް ކުރުމުން ވެސް ހާހުން މަތީގައި ކުރިން ހުރި އިރު މިހާރު ވަނީ 800-700ރުފިޔާއަށް ދަށްވެފައެވެ. ފެންބައިބާތީ ރަނގަޅު ކޮށްލުމަށް މިހާރު ނަގަނީ 300-500ރުފިޔާއާ ދެމެދުގެ އަގުތަކެވެ. މި ނޫންވެސް ޚިދުމަތްތަކުގެ އަގުތައް ވަރަށް ބޮޑަށް ދަށްވެގެން ދިޔައީ މާކެޓުގައި ވާދަވެރިކަން ބޮޑުވުމުންނެވެ. އެއާކޯނުގެ ވިޔަފާރީގެ ވާދަވެރިކަން ވެސް ބޮޑުވެއްޖެއެވެ. އަދި ހަމައެއާއެކު އެއާކޮންޑިޝަން އެޅުވުމާއި ސާވިސްކުރުމުގެ ވާދަވެރިކަން ވެސް ވަނީ ވަރަށް ވާދަވެރިވެެފައެވެ.

ރާއްޖޭގައި އެއާކޯންގެ ވިޔަފާރި ފުޅާވެގެން އައި މިންވަރަށް ބަލާއިރު އަދިވެސް ބޭނުންވާ ވަގުތެއްގައި އެއާކޯން އެޅުވުމާއި ސާވިސް ކޮށްދޭނެ މީހުން ނުލިބެއެވެ. އެހެންނަމަވެެސް އެޚިދުމަތްދޭ އަމިއްލަ މީހުންނާއި ކުންފުނިތައްވެސް މިހާރު ވަނީ ވަރަށް ބޮޑުތަނުން އިތުރުވެފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *